ޚަބަރު

ރެހެންދީ ސްކޫލުގެ ކަރަންޓް ބޯޑުގައި ރޯވުމުން ދަރިވަރުން ގެއަށް ފޮނުވާލައިފި

އިބްރާހިމް ޒަކީ

ރެހެންދީ ސްކޫލުގެ ކަރަންޓް ބޯޑުގައި މިއަދު އަލިފާން ރޯވެއްޖެ އެވެ.

އެމްއެންޑީއެފުން ބުނީ އަލިފާން ރޯވީ އެ ސްކޫލްގެ އެންމެ ތިރީބުރީގައާއި އެންމެ މަތީ ބުރީގައި ހުރި ކަރަންޓް ބޯޑުގައި ކަމަށެވެ. ހެނދުނު 7:19 ހާއިރު ހުޅުމާލޭ ފަޔަރ ސްޓޭޝަންގެ ފަޔަރމަނުން އަލިފާން ނިއްވާލާފައިވާ ކަމަށްވެސް އެމްއެންޑީއެފުން ބުންނެވެ.

މިހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ނުލިބެއެވެ.

މިހާދިސާ ހިނގުމާއެކު ސްކޫލްގެ ހުރިހާ ކުދިން ވަނީ ގެއަށް ފޮނުވާލައިފަ އެވެ.

ފުލުހުން ދާދި ދެންމެއަކު ބުނެފައިވާ ގޮތުގައި، މި ހާދިސާއާ ގުޅިގެން ބަލަން ޖެހޭ ކަންކަން ފުލުހުން އަންނަނީ ބަލަމުންނެވެ.