ތިލަމާލެ ބުރިޖުގެ އެޅުމުގެ މަސައްކަތް ކުރަމުންދާ އިންޑިއާގެ އެފްކޮންސް ކުންފުނީގެ ޕްލެޓްފޯމެއް ވިލިމާލޭ ފަރަށް އަރައި އެ ފަރަށް ލިބުނު ގެއްލުންތަކާ ގުޅިގެން 68 މިލިއަން ރުފިޔާއިން އެ ކުންފުނި ޖޫރިމަނާ ކުރަން އެންވަޔަރަމަންޓް ޕްރޮޓަކްޝަން އެޖެންސީ (އީޕީއޭ) އިން ނިންމާފައިވާކަން "ވަން" އަށް އެނގިއްޖެއެވެ.
ތިލަމާލެ ބުރިޖުގެ މަސައްކަތަށް ބޭނުންކުރަމުން އައި އެ ޕްލެޓްފޯމް ފަރަށް އަރާފައި ވަނީ އޮގަސްޓް މަހުގެ 16 ވަނަ ދުވަހުގެ ދަންވަރު 2:45 ހާއިރެވެ. އެ ޕްލެޓްފޯމް ފުންކޮށްފައި ވަނީ އެ މަހުގެ 27 ވަނަ ދުވަހުއެވެ. ޕްލެޓްފޯމް ފުން ކުރެވެމުން މިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭގައި އީޕީއޭއިން ފަރަށް ލިބުނު ގެއްލުން ދެނެގަތުމަށް ސާވޭ ފެށިއެވެ.
ނަމަވެސް އީޕީއޭގެ އެ ސާވޭ ގަބޫލުނުކުރާނެ ކަމަށް ބުނެ އެފްކޮންސް އިން އަމިއްލައަށް ސާވޭކޮށް ހެދި ރިޕޯޓް އީޕީއޭއަށް ވަނީ ހުށަހަޅާފައިވެއެވެ.
"ވަން" އަށް އެނގިފައިވާ ގޮތުގައި ވިލިމާލޭ ފަރަށް ލިބުނު ގެއްލުންތަކާ ގުޅިގެން 68 މިލިއަން ރުފިޔާއިން އެފްކޮންސް ޖޫރިމަނާ ކުރަން އީޕީއޭއިން މިހާރު ވަނީ ނިންމައިފައެވެ. އެކަމުގެ ތަފުސީލު ހާމަކޮށް އީޕީއޭއިން ވަރަށް އަވަހަށް ބަޔާނެއް ނެރޭނެކަންވެސް އެނގިފައިވެއެވެ.
މިކަމާ ގުޅިގެން އީޕީއޭގެ ޑިރެކްޓަރު ޖެނެރަލް އިބްރާހީމް ނައީމުގެ ބަހެއް ހޯދުމަށް "ވަން" އިން ގުޅުމުން ފޯނަށް ޖަވާބު ދެއްވާފައި ނުވާތީ، އެ އެޖެންސީގެ ރަސްމީ ބަހެއް އަދި ލިބިފައެެއް ނުވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު