ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ހުށަހެޅުނު ދެ މެޖިސްޓްރޭޓެއްގެ ސުލޫކީ މައްސަލަ ސާބިތު ނުވާ ކަމަށް ނިންމައިފިއެވެ.
ޖޭއެސްސީން ސާބިތު ނުވާ ކަމަށް ނިންމީ ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓުގެ ގާޒީ އަމްޖަދު އަބްދުލް ގަނީ އާއި ލ. ގަމު މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް އަބްދުލްފައްތާހް އަބްދުލްގަފޫރުގެ ސުލޫކީ މައްސަލައެވެ.
އަބްދުލްފައްތާހާ ގުޅޭގޮތުން ތަހުގީގުކޮށްފައިވަނީ، ލ. ގަމު މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅުނު ބަންދާ މެދު ގޮތެއް ނިންމުމުގެ މައްސަލައެއްގައި ކަނޑައެޅިގެން ގާނޫނާ ހިލާފަށް އޭނާ އަމަލުކުރި ކަމަށް ބުނާ މައްސަލައެކެވެ.
އަބްދުލްފައްތާހުގެ ސުލޫކީ މައްސަލަ ޖޭއެސްސީއަށް ހުށަހެޅުމުން މައްސަލަ ބަލަމުންދާ ކަން އޭނާއަށް އަންގާފައިވަނީ 23 ފެބްރުއަރީ 2020 ގައެވެ.
ގާޒީ އަމްޖަދާ ގުޅޭގޮތުން ހުށަހެޅުނު މައްސަލަ ޖޭއެސްސީން ހާމަކޮށްފައެއް ނުވެއެވެ. މެޖިސްޓްރޭޓް އަބްދުލްފައްތާހާއި ގާޒީ އަމްޖަދުގެ ސުލޫކީ މައްސަލަ ސާބިތު ނުވާ ކަމަށް ނިންމީ މިމަހުގެ އެއްވަނަ ދުވަހުއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު