ޓެކްނޮލޮޖީ

ޕްލޭސްޓޭޝަން ވީއާރު2 ފެބްރުއަރީ މަހު ނެރޭނީ

އާދަމް ނަސީރު

ޕްލޭސްޓޭޝަން ވީއާރު2 ރަސްމީކޮށް ނެރޭނީ އަންނަ އަހަރުގެ ފެބްރުއަރީ 22ގައި ކަމަށް އިއުލާން ކޮށްފިއެވެ.

ޕީއެސް ވީއާރު2 ދެވަނަ މޮޑެލް ކަމަށްވާ ސެންސް ކޮންޓްރޯލަރަށް ހާއްސަކޮށްގެން ފަރުމާކޮށްފައިވާ ޕްލޭސްޓޭޝަން ވީއާރު2 ސެންސް ކޮންޓްރޯލަރ އާއި އޭގެ ޗާޖިން ސްޓޭޝަން ވެސް ހަމަ އެދުވަހު ނެރޭނެ ކަމަށް ވަނީ އިއުލާން ކޮށްފައެވެ. މިއީ ޕީއެސް ވީއާރު2 ގެ އާ އުފެއްދުންތަކަށް އިންތިޒާރު ކުރާ ފަރާތްތަކަށް ލިބިގެން ދިޔަ ބޮޑު އުފާވެރިކަމެކެވެ.

ވީއާރް2 ގެ އަގަކީ 549.99 ކަމަށް ރިޕޯޓުތައް ބުނެއެވެ.

މި އަހަރުގެ ނޮވެމްބަރު މަހުގެ 15 ވަނަ ދުވަހު ޕްރީ އޯޑަރު ކުރުމަށް ހުޅުވާލާނެ ކަމަށާއި، ޕްލޭސްޓޭޝަން ވީއާރު2 ހެޑްސެޓާއި ބަންޑަލްތަކަށް direct.playstation.com އިން އޯޑަރު ކުރުމުގެ ފުރުސަތު ލިބޭނެ ކަމަށްވެސް ވަނީ އިއުލާން ކޮށްފައެވެ. ސޮނީ ޕުލޭސުޓޭޝަން ތަކުގައި ހިމެނޭ ވީއާރު އަކީ އެހެން ވީއާރު ތަކާއި ހިލާފަށް ގޭމް ކުޅުމަށް މާ ފުރިހަމަ އަދި ގޭމް ކުޅުމަށް މަރުދޭ މީހުންގެ އެންމެ މަގުބޫލު ވީއާރް އެވެ.

ކުރީގެ ވީއާރު ހެޑްސެޓާ އަޅައިބަލާއިރު ތަންކޮޅެއް ތުނި އަދި އަޅައިގެން އުޅުމުގައިވެސް މާފަސޭހަ ގޮތަކަށް އުފައްދާފައިވާ ޕުލޭސުޓޭޝަން ވައި ދައުރުވުމަށް ފަސޭހަ ލެންސް ވެސް ފަސޭހައިން އެޖެސްޓްމަންޓް ގެނެވޭނެ ގޮތަށް ވަނީ ފަރުމާ ކޮށްފައެވެ. ސޮނީ ކުންފުނިން އުންމީދު ކުރަނީ ގޭމު ކުޅޭ ކުޅުންތެރިންނަށް މި އާ ޑިޒައިން ކަމުދާނެ ކަމަށެވެ. ގޭމް ޑިވެލޮޕަރުން ޕީއެސް ވީއާރު2 ގެ ހެޑްސެޓް ފީޗާސްގެ ފައިދާ ނަގައިގެން އަންނަ ޖީލުގެ ވީއާރު ގޭމްތައް ޑިޒައިން ކުރަމުންދާނެ ކަމަށް އުއްމީދު ކުރާ ކަމަށްވެސް ސޮނީން ބުނެފައިވެއެވެ.