ކަރަންޓާއި ފެނާއި ތެލާއި ކާބޯތަކެތި އަގުހެޔޮކުރުމަށާއި ޕްރީސްކޫލް ހިންގަށް އެހީތެރިވުމަށް ވޭތުވެދިޔަ ތިން އަހަރު ސަބްސިޑީގެ ގޮތުގައި ހަތަރު ބިލިޔަނަށްވުރެ ގިނަ ރުފިޔާ ސަރުކާރުން ހަރަދުކޮށްފައިވާ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު އަމީރު މިހެން ވިދާޅުވީ، ކަރަންޓުގެ އަގު ކޮންޓްރޯލް ކުރަން ފާއިތުވި ތިން އަހަރު ދައުލަތުގެ ބަޖެޓުން ސަބްސިޑީޒްގެ ގޮތުގައި ހޭދަވެފައިވާ ޖުމްލަ އަދަދާއި ސަބްސިޑީޒް ދޫކުރުމުގައި ކެރިފޯރުންތެރިންނަށާއި ފަގީރުންނަށް މިންގަނޑެއް އޮވޭތޯ އާއި ސަބްސިޑީޒް ދޫކުރުމުގައި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް އިސްކަންދޭނެ އުސޫލެއް ކަނޑައެޅިފައިވޭތޯ ބެލުމަށް ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

މިނިސްޓަރު ވިދާޅުވީ ސަބްސިޑީ ދެނީ އެއްވެސް ބަޔަކު ތަފާތު ކުރުމެއް ނެތި، ބިދޭސީންނާއި މުއްސަނދިން ވެސް ހިމެނޭ ގޮތަށް އެންމެންނަށް ކަމަށެވެ. އެގޮތުން ސަބްސިޑީ ދީފައިވާގޮތަކީ:

  • 2019 އަހަރު: 468 މިލިއަން ރުފިޔާ
  • 2020 އަހަރު: 661 މިލިއަން ރުފިޔާ
  • 2021 އަހަރު: 99 މިލިއަން ރުފިޔާ
  • 2019 ވަަނަ އަހަރު: 491 މިލިއަން ރުފިޔާ
  • 2020 ވަނަ އަހަރު: 160 މިލިއަން ރުފިޔާ
  • 2021 އަހަރު 99: މިލިއަން ރުފިޔާ
  • 2019 އަހަރު: 21 މިލިއަން ރުދިޔާ
  • 2020 އަހަރު: 19.7 މިލިއަން ރުފިޔާ
  • 2021 އަހަރު: 20.7 މިލިއަން ރުފިޔާ

ތެލުގެ ސަބްސީޑީ އާއި ފެނުގެ ސަބްސިޑީ ދީފައިވަނީ 2021 ވަނަ އަހަރު އެކަންޏެވެ. އެ އަހަރު ފެނުގެ ސަބްސިޑީއަށް 40.6 މިލިޔަން ރުފިޔާ އަދި ތެލުގެ ސަބްސިޑީއަށް 460.3 މިލިޔަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

އެއީ ޖުމްލަ 2019 ވަނަ އަހަރު 1.3 ބިލިޔަން ރުފިޔާ، 2020 ވަނަ އަހަދު 1.2 ބިލިޔަން ރުފިޔާ އަދި 2021 ވަނަ އަހަރު 1.5 ބިލިއަން ރުފިޔާއެވެ.