ކުވެއިތު ފަންޑުގެ އެހީގައި ރާއްޖޭގެ އެކި ރަށްރަށުގައި ހެދުމަށް ހަމަޖެހިފައިވާ ހޮސްޕިޓާތައް ހެދުމަށް، އަލުން ރީޓެންޑް ކުރުމަށް ކުވެއިތު ފަންޑަށް ފޮނުވާލާފައިވާކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު އަމީރު މިހެން ވިދާޅުވީ އެ ފަންޑުން ހެދުމަށް ހަމަޖެހިފައިވާ ހޮސްޕިޓަލްތަކުގެ މަސައްކަތްތަކާބެހޭ ގޮތުން ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ބައެއް މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުންނެވެ.
މިނިސްޓަރު ވިދާޅުވީ، އެ މަސައްކަތްތައް އަލުން ރީޓެންޑަށް ފޮނުވާލެއްވީ، އެ ހޮސްޕިޓަލްތައް ހެދުމަށް ބޭނުންވާ އަގު އިންޖިނިއަރުން އެސްޓިމޭޓު ކުރިއަށްވުރެން މާ ބޮޑުކަމުން ކަމަށެެވެ.
ވީހާވެސް އަވަހަކަށް އެ ޕްރޮޖެކްޓްތައް ރީ ޓެންޑްކޮށް އަލުން އިވެލުއޭޓް ކޮށްގެން ކުރިއަށް ގެންދިއުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި، އުއްމީދަކީ މިއަހަރު ނިމުމުގެ ކުރިން ޓެންޑައަށް އަލުން ހުޅުވާލެވި ޕްރޮޖެކްޓްތައް އެވޯޑު ކުރެވުން ކަމަށް ކަމުގައިވެސް ވިދާޅުވިއެވެ.
ކުވެއިތު ފަންޑުން ހޮސްޕިޓާ އެޅުމަށް ނިންމާފައިވާ ރަށްތަކުގެ ތެރޭގައި ހދ. ހަނިމާދޫ، ށ. މިލަންދޫ، ނ. ވެލިދޫ، ކ. ތުލުސްދޫ، އދ. މާމިގިލި، ވ. ފެލިދޫގެ އިތުރުން ތ. ވިލުފުށި ހިމެނެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު