ޒުވާނުން ދަނީ ދުވަހަކަށް ވުރެ ދުވަހެއް ނަމާދާ ދުރުވަމުން ކަމުގައި މިއަދުގެ ހުކުރު ހުތުބާގައި ބުނެފިއެވެ.
މިއަދުގެ ހުތުބާގެ މައުލޫއަކީ "ނަމާދަކީ ދީނުގެ ތަނބު"އެވެ. ހުތުބާގައި ބުނީ، ނަމާދަކީ އިސްލާމް ދީނުގެ ތަނބުކަމަށާއި އެއީ އަޅާ އާއި ކާފިރުކަމާ ދެމެދުގައިވާ ހުރަސް ކަމަށެވެ ނަމާދު ދޫކޮށްލައިފި މީހާ ދީން މުގުރާލި ފަދަ ކަމަށާއި ނަމާދު ގާއިމްކޮށްފި މީހާ ދީން ގާއިމްކޮށްފި ފަދަ ކަމަށްވެސް ހުތުބާގައި ބުންޏެވެ.
ނަމާދަކީ، އޭގެ ސަބަބުން ފާފަތައް ފުއްސަވައިދެއްވާ ކަމެއް ކަމުގައިި ހުތުބާގައި ބުންޏެވެ.
ނަމާދަކީ ހިތަށް ހަމަޖެހުން ލިބޭ އަޅުކަމެއް ކަމަށާއި ކަންބޮޑުވުމާއި ހާސްވުންފަދަ ކަންކަމުން ސަލާމަތްކޮށްދޭ އަޅުކަމެއް ކަމަށްވެސް ހުތުބާގައި ބުންޏެވެ.
ހުތުބާގައި ބުނީ، މިއަދުގެ މުސްލިމުންގެ ހާލަތަށް ބަލާއިރު، ގިނަ ބައެއްގެ ނަމާދުގެ ތިލަފަތް ލުއިވެފައިވާ ކަމަށާއި ނަމާދަށް ވުރެ އެހެން ކަންކަމަށް އިސްކަން ދެވޭ މަންޒަރު ފެންނަ ކަމަށެވެ.
"ނަމާދުގެ ވަގުތުތަކާ ދިމާކޮށް، އެކި މަސައްކަތްތައް ރާވައި ހިންގާތަން ފެނެއެވެ. ބަންގި ގޮވުމުން ފިހާރަތަކާއި ސައިހޮޓާތައް ލައްޕަން ގަވައިދުތައް އަމުރުކުރާތީ، އެތަންތަން ލެއްޕިޔަސް އެ ތަންތަނުގެ ތެރޭގައި ގިނަ ބަޔަކު ނަމާދަށް ނުގޮސް ތިބޭތަން ފެނޭ. ހާއްސަކޮށް މިއަދުގެ ޒުވާނުން ދުވަހެއް ދުވަހަކަށް ނަމާދާ ދުރުހެލިވަމުންދާކަން ފާހަގަ ކުރެވޭކަމީ ހިތާމަހުރި ކަމެއް،" ހުތުބާގައި ބުންޏެވެ.
ހުތުބާ ނިންމާލަމުން ވަނީ، ނަމާދު ގާއިމު ކުރުމަށް މުސްލިމުންނަށް ވަސިއްޔަތްކޮށްފައެވެ. އަދި ނަމާދަށް ރައްކާތެރިވުމަށް ވަނީ ނަސޭހަތްތެރިވެފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު