މަގުމަތިން ހޮވައިގެން ގެންގޮސް ފުލުހުންނާ ހަވާލުކޮށްފައިވާ 10،000 އަށްވުރެ ގިނަ ރުފިޔާގެ ވެރިފަރާތް ހޯދަން އިއުލާންކޮށްފިއެވެ.

ފުލުހުން މިއަދު ކުރި ޓުވީޓެއްގައި ބުނެފައިވަނީ މި މަހުގެ 14 ވަނަ ދުވަހުގެ ރޭ 12:04ގައި ބޮޑުތަކުރުފާނު މަގު، އެއް ނަމްބަރު ފާލަން ހިމެނޭ ސަރަހައްދުން އާންމު ފަރާތަކުން ހޮވައިގެން ގެންގޮސް ފުލުހުންނާ ހަވާލުކޮށްފައިވާ ހުދުކުލައިގެ ސިޓީއުރައެއްގައި ހުރި 10،000 އަށްވުރެ ގިނަ ރުފިޔާ ފުލުހުންގެ ބެލުމުގެ ދަށުގައި އެބަހުރި ކަމަށެވެ.

ފުލުހުން ބުނީ އެ ފައިސާގެ ވެރިފަރާތް ހޯދުމަށް މިހާތަނަށް ކުރި މަސައްކަތް ކާމިޔާބުވެފައި ނުވާ ކަމަށެވެ.

އެހެންކަމުން އެ ފައިސާގެ ވެރިފަރާތުން ގަލޮޅު ޕޮލިސް ސްޓޭޝަނަށް ހާޒިރުވެ ފައިސާއާ ހަވާލުވުމަށާއި އަދި އިތުރު މައުލޫމާތު ބޭނުންވާ ނަމަ 9631696 އަށް ގުޅުމަށް ފުލުހުން ވަނީ އެދިފައެވެ.