ހުޅުމާލެއިން ބިދޭސީއަކު ގެއްލިގެން ހޯދަމުންއަންނަތާ ހަފުތާއެއް ވެފައިވާއިރު އަދިވެސް އެ މީހާ ނުފެންނަ ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން މި މަހުގެ 10 ވަނަ ދުވަހު ގެއްލިގެން ހޯދަމުން އަންނަ ކަމަށްބުނެ ވަނަވަރު އާންމުކުރީ ބަންގްލަދޭޝް ރައްޔިތެއް ކަމަށްވާ އެމްޑީ އޮމަރް މިއާ، 27އ އެވެ.
ފުލުހުން ބުނީ، އޭނާ ވީނުވީއެއް ނޭނގި ގެއްލިގެން އޭނާ މަސައްކަތް ކުރަމުންދިޔަ ކުންފުނިން ފުލުހުންނަށް މައްސަލަ ހުށަހެޅީ މި މަހުގެ 8 ވަނަ ދުވަހު ކަމަށެވެ.
ފުލުހުންގެ މީޑިއާ އޮފިސަރު "ވަން" އަށް މިއަދު ވިދާޅުވީ، މިހާތަނަށް ކުރި މަސައްކަތުން އެމީހާ ނުފެންނަ ކަމަށެވެ. އޭނާ ހޯދުމުގެ މަސައްކަތް ފުލުހުން ކުރަމުން އަންނަ ކަމަށްވެސް ބުންޏެވެ.
ހުޅުމާލެއިން މިދިޔަ މަހުގެ 18 ވަނަ ދުވަހު ޒުވާނަކު ގެއްލިގެން ހޯދަމުން އަންނަނިކޮށް އޭނާ މަރުވެ ކުނިވެފައިވާ ހަށިގަނޑު މިމަހުގެ ދެވަނަ ދުވަހު ވަނީ ފެނިފައެވެ. އެއީ ހ. ބޮނޑިކަޅޮދުގެ މުހައްމަދު އަޒުހާންއެވެ. އޭނާގެ ހަށިގަނޑު ޕޯސްޓުމޯޓަމް ހެދުމަށްފަހު މިހާރު ވަނީ ވަޅުލާފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު