ޚަބަރު

ކެއާ ސެންޓަރުގެ ޓީޗަރެއްގެ އެއް އަހަރު ދުވަހުގެ މުސާރަ ސްޓެލްކޯއިން ސްޕޮންސާކޮށްފި

މުހައްމަދު އިޝާން

ކެއާ ސޮސައިޓީގެ ދަށުން ހިންގާ ކެއާ ޑިވެލޮޕްމެންޓު ސެންޓަރުގެ ޓީޗަރެއްގެ އެއް އަހަރު ދުވަހުގެ މުސާރަ ސްޓެލްކޯއިން ސްޕޮންސާކުރަން ހަމަޖައްސައި އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

ސެޓްލްކޯގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެކަމުގެ އެއްބަސްވުމުގައި ސްޓެލްކޯގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފެވެ. އަދި ކެއާ ސޮސައިޓީގެ ފަރާތުން ސޮއިކުރެއްވީ އެ ސޮސައިޓީގެ އެގްޒެކެޓިވް ޑިރެކްޓަރު އަހުމަދު އާތިފެވެ.

ކެއާ ސޮސައިޓީގެ ޓީޗަރެއްގެ އެއް އަހަރުގެ މުސާރަ ސްޓެލްކޯއިން ސްޕޮންސާކުރީ އެ ކުންފުނީގެ އިޖުތިމާއީ ޒިންމާގެ ދަށުންނެވެ.

ސެޓްލެކޯގެ އިޖުތިމާއި ޒިންމާގެ ދަށުން އެ ކުންފުނިން ވަނީ މިދިޔަ ޖުލައި މަހު ޑައިބެޓީސް ސޮސައިޓީގެ "ސޭވް އަ ޑައިބެޓިކް ޗައިލްޑް" ޕުރޮޖެކްޓު ވެސް ސްޕޮންސާކޮށްފައެވެ. އަދި އއ. އަތޮޅުގެ އަށް ރަށާއި އދ. އަތޮޅުގެ ނުވަ ރަށުގެ މަގުބައްތި ބެލެހެއްޓުމުގެ މަސައްކަތާ ވެސް ވަނީ ހަވާލުވެފައެވެ.