މ. މުލި ރާޅުގަނޑު ސަަރަހައްދުގައި ރާޅާއަޅަން ގޮސްއުޅެނިކޮށް ގެއްލިގެން ހޯދަމުންދިޔަ ފަތުރުވެރިޔާ ފެނިއްޖެ ކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.
އެ ސަރަހައްދުގައި ރަޅާއަޅަން ގޮސް އުޅުނު ހަތް ފަތުރުވެރިންގެ ތެރެއިން އެކަކު ގެއްލިގެން އުޅޭކަމުގެ މައުލޫމާތު ކޯސްޓްގާޑަށް ލިބުނީ މިއަދު 12:47 ހާއިރު ކަމަށެވެ.
އޭނާ ހޯދުމުގެ މަސައްކަތް ކޯސްޓްގާޑުން ކުރަމުން ދަނިކޮށް، މުލި ކައިރީގައި އޮންނަ ވޭވަށުން އެ މީހާ ފެނިފައިވާ ކަމަށް މުލި ކައުންސިލުން މައުލޫމާތު ދީފައިވާ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.
މުލި ރާޅުގަނޑު ސަރަހައްދަށް ރާޅާއަޅަން ގޮސް އުޅުނު ފަތުރުވެރިއަކު ގެއްލުނު އިރު، މި ދުވަސްވަރަކީ މ. މުލި ސަރަހައްދަށް ވަރަށް މޫސުން ގޯސް ދުވަސްވަރެކެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު