އިނގިރޭސިވިލާތުގެ ވަލީއަހުދު ޕްރިންސް ވިލިއަމްގެ ތިން ބޭފުޅުންވެސް ރަސްގެފާނު ޗާލްސްގެ އަނބިކަނބަލުން ކެމީލާއަށް ދޮންމާމަ ވިދާޅުނުވާކަމަށް އެކަމުގެ ހަގީގަތް ދެނެހުރި މީހަކު ލިޔުނު ފޮތެއްގައި ބުނެފިއެވެ.

އާދައިގެ އަންހެނެްްގެ ދަރަޖައިން އިނގިރޭސި ރަނިކަމަށް ކެމީލާ ކުރެއްވި ދަތުރުގެ މައްޗަށް އެންޖެލާ ލެވީން ލިޔުނު ފޮތުގައި ބަޔާންކޮށްފައިވާ ގޮތުން ކެމީލާއަށް މާމައޭވެސް އަދި ދޮންމާމައޭ ކިޔުންވެސް ޕްރިންސް ވިލިއަމްގެ ތިން ބޭފުޅުންކަމަށްވާ ޖޯޖާއި ޝާލޮޓް އަދި ލުއިސްއަށް އޮތީ މަނާކުރެވިފައެވެ. ޕްރިންސް ވިލިއަމް އެކުދީންނަށް އަންގަވާފައި އޮންނަނީ ކެމީލާއަކީ ކާފާފުޅުގެ އަނބިކަނބަލުން ކަމަށާއި އެކަމަކު ދޮން ލައިފައިވެސް މާމައެއް ނޫން ކަމަށެވެ.

ލިވައިންގެ ފޮތުގައި ވާގޮތުން ތުއްޕުޅު ތިން ބޭފުޅުންގެ ބައްޕަ ފަރާތު މާމައެއް ނެތެވެ. ހުންނެވީ ކާފައެކެވެ. އެއީ ރަސްގެފާނު ޗާލްސްއެވެ. ދެން ތިއްބެވީ މަންމަ ފަރާތު މާމަޔަކާއި ކާފައެކެވެ. މިއީ ޕްރިންސް ވިލިއަމް އެކުދީންނަށް އަންގަވާފައިވާގޮތެވެ.

ޕްރިންސް ވިލިއަމްގެ މައިކަނބަލުން ޕްރިންސެސް ޑަޔާނާ ވަނީ 1997 ވަނަ އަހަރު ކާރު އެކްސިޑެންޓެއްގައި އަވަހާރަވެފައެވެ. ޑަޔާނާ އަވަހާރަވީ ޗާލްސް އާއި ޑަޔާނާގެ ކައިވެނި ރޫޅުނުތާ އެއް އަހަރު ފަހުންނެވެ. ކެމީލާޔާއި ޗާލްސް ކައިވެނި ބެއްލެވީ ޑަޔާނާ އަވަހާރަވިތާ 8 އަހަރު ފަހުން 2005 ގައެވެ.