ތަގައްޔަރުވެފައިވާ ކުޑަކުދިންގެ ހާއްސަ ކޮފް ސިރަޕަކީ ރާއްޖޭގައި ވިއްކާ ބޭހެއް ނޫން ކަމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ބުނެފިއެވެ.
އެމްއެފްޑީއޭއިން މިއަދު ކޮށްފައިވާ އިއުލާނެއްގައި ބުނީ، އިންޑިއާގެ ހަރިޔާނާ ސްޓޭޓުގައި ހުންނަ މައިޑެން ފާމަސޫޓިކަލް ލިމިޓެޑުން އުފައްދާ ކުޑަކުދިންގެ ކޮފް ސިރަޕުތަކެއް "ޑައިތިލީން ގްލައިކޯލް" އަދި "އެތިލީން ގްލައިކޯލް" ނަމަކަށް ކިޔާ މާއްދާތަކަކުން ތަގައްޔަރުވެފައިވާ ކަމަށް ގެމްބިއާއިން ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިޔުއެޗްއޯ) އަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.
ނަމަވެސް މިއީ ރާއްޖެއަށް އާންމުކޮށް އެތެރެކުރާ ބޭސްތަކުގެ ލިސްޓުގައި ހިމެނޭ ބޭހެއް ނޫން ކަމަށާއި ނަމަވެސް ބޭސް ސިޓީއަކުންވެސް ރާއްޖެއަށް މި ބޭސް އެތެރެވެދާނެތީ ސަމާލުވުމަށް އެ އޮތޯރިޓީން އެދެއެވެ.
އެމްއެފްޑީއޭއިން ބުނީ، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ބޭސް ސިޓީއަށް ބޭސް އެތެރެކުރާއިރު ހާއްސަ ސަމާލުކަމެއް ދީގެން ޕޯޓުތަކުގައި ބަލައި ފާސްކުރަމުން ގެންދާނެ ކަމަށެވެ. އަދި މި ބޭސްތަކާގުޅޭ އެއްވެސް މައުލޫމާތެއް ލިބިއްޖެ ނަމަ ލަސްނުކޮށް އެކަން އެންގުމަށް ވަނީ އެދިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު