ނައިބު ރައީސް ފައިސަލް ނަސީމް، ރ. އަތޮޅުގެ ބައެއް ރަށްތަކަށް ކުރައްވާ ދަތުރެއްގައި މިއަދު ފުރާވަޑައިގެންފިއެވެ.
ރައީސް އޮފީހުން ބުނީ ނައިބު ރައީސް ރ. އަތޮޅަށް ކުރައްވާ މި ދަތުރުގައި ވަޑައިގަންނަވާނީ އެ އަތޮޅު އިނގުރައިދޫ، އިންނަމާދޫ، މާކުރަތު، ދުވާފަރު އަދި ވަންދޫއަށެވެ.
އަދި މި ރަށްރަށަށް ވަޑައިގެން އެ ރަށްރަށުގެ ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކާއި ބައްދަލުކުރައްވައި، ސިއްހީ މަރުކަޒުތަކަށާއި އުނގޫފާރު ރީޖަނަލް ހޮސްޕިޓަލަށް ޒިޔާރަތްކުރައްވާނެ ކަމަށް ބުންޏެވެ.
އޭގެ އިތުރުން ދުވާފަރުގައި އޮންނަ "ރ. ޓޫރިޒަމް އެކްސްޕޯ 2022" ގެ އެވޯޑް ދިނުމުގެ ހަފުލާގައި ބައިވެރިވެ ވަޑައިގަންނަވާނެ ކަމަށް ރައީސް އޮފީހުން ބުންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު