ގަވާއިދާ ހިލާފަށް ރަޖިސްޓްރީކޮށްފައިވާ އުޅަނދުތައް ފެންނަމުންދާ ކަމަށާއި އެފަދަ އުޅަނދުތަކުގެ ރަޖިސްޓްރީ ބާތިލުކުރާނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ ވިދާޅުވެއްޖެއެވެ.
މިނިސްޓަރ ނަހުލާ މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ޓްރާންސްޕޯޓް މިނިސްޓްރީގެ މަސައްކަތްތައް ހަރުދަނާ ކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިންނާއި ހަދަމުންދާ އޮޑިޓްގެ ތެރެއިން އޮޅުވާލައިގެން ރަޖިސްޓާކޮށްފައިވާ އުޅަނދުތައް ފެންނަމުންދާ ކަމަށެވެ.
"ގަވާއިދާ ހިލާފަށް ރަޖިސްޓާކޮށްފައިވާ އުޅަނދުތަކުގެ ރަޖިސްޓްރީ ބާތިލުކުރާނެ ވާހަކަ ދަންނަވަން. އުޅަނދު ރަޖިސްޓާ ކުރުމުގައި ގަވާއިދުގެ ތެރެއިން ކުރުމަށް އިލްތިމާސްކުރަން،" މިނިސްޓަރު ވިދާޅުވިއެވެ.
ޒީރޯ ޓޮލަރެންސް ޓު ކޮރަޕްޝަނަކީ، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ވައުދުފުޅެއްކަން ފާހަގަކުރައްވައި މިނިސްޓަރު ނަހުލާ ވިދާޅުވީ، ވަކި މީހަކަށް ބެލުމެއްނެތި ކޮރަޕްޝަން ހުއްޓުވުމަށް އަޅަންޖެހޭ ކޮންމެ ފިޔަވަޅެއް އަޅާނެ ކަމަށެވެ. އަދި އެ ކަންތައްތައް ހަމަ މަގަށް އެޅުވުމަށް އެއްވެސް ފަސްޖެހުމެއް ނެތި މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީންކަން މިނިސްޓަރު ދެއްވިއެވެ.
ގަވާއިދާ ހިލާފަށް ރަޖިސްޓްރީކޮށްފައިވާ 200 ވުރެ ގިނަ އުޅަނދުގެ ރަޖިސްޓްރީ ޓްރާންސްޕޯޓުން މިފަހުން ވަނީ ބާތިލުކޮށްފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު