ހުރިހާ އެންމެންނަކީ ދަރިވަރުންނަށް ތައުލީމު އުނގަންނައިދީ، ދިރިއުޅުމަށް އެކުދިން ތައްޔާރުކޮށްދިނުމަށް މުދައްރިސުން ކުރާ ބުރަ މަސައްކަތަށް ދަރަނިވެރިވެފައިވާ ބައެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ރައީސް ސޯލިހު މިހެން ވިދާޅުވީ މިއަދު ފާހަގަކުރަމުން އަންނަ މުދައްރިސުންގެ ދުވަހުގެ މުނާސަބަތުގައި ކުރެއްވި ޓުވީޓެއްގައެވެ.
ރައީސް ސޯލިހު ވިދާޅުވީ މުދައްރިސުން ދޫކޮށްލާ ހެޔޮ ތަސައްވުރަކީ ދާއިމަށް ދޫކޮށްލާ އެއްޗެއް ކަމަށެވެ. އަދި ދަރިވަރުންނަށް އުނގަންނައިދީ ދިރިއުޅުމަށް ތައްޔާރުކުރުމަށް ކުރަމުން އަންނަ ބުރަ މަސައްކަތަށް އެންމެން ދަރަނިވެރިވާ ކަމަށްވެސް ވިދާޅުވިއެވެ.
މީގެ އިތުރުން އެމަނިކުފާނު ވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި ހުރިހާ މުދައްރިސުންނަށް ހާއްސަ ޝުކުރެއް އަދާކުރައްވައި ދުވަހުގެ ތަހުނިޔާ ވިދާޅުވެފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު