އައްޑޫސިޓީ ހިތަދޫ އާއި ފުވައްމުލަކު ސިޓީ އާއި ކުޅުދުއްފުށި ސިޓީގެ އިތުރުން ގދ. ތިނަދޫގައި ސަރުކާރުން ހެދުމަށް ހަމަޖެހިފައިވާ ސިންތެޓިކް ޓްރެކްތައް އަންނަ އަހަރު ބޭނުންކުރެވޭނެ ކަމަށް ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ، ހިތަދޫގައި އަޅާ ޓްރެކާބެހޭގޮތުން ހިތަދޫ މެދު ދާއިރާގެ މެމްބަރު އަހުމަދު ރަޝީދު، މިނިސްޓަރާ ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
މެމްބަރު އަހުމަދު ރަޝީދު މިނިސްޓަރާ ސުވާލު ކުރެއްވީ، ހިތަދޫގައި ސިންތެޓިކް ޓްރެކެއް އެޅުމުގެ ވާހަކަ ދެއްކިތާ އަހަރުދުވަސް ވީއިރުވެސް އެކަމުގެ މަސައްކަތް ފެށީނުވާތީ، އެމަސައްކަތް ގޮސްފައި އޮތް ހިސާބެއް އޮޅުން ފިލުއްވުމަށެވެ. އޭނާ ވިދާޅުވީ، މާލެ ފިޔަވައި ރާއްޖޭގެ އެންމެ ގިނަ އެތުލީޓުން ތިބި ތަނަކީ ހިތަދޫ ކަމަށެވެ.
އެ ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ، މީގެ ކުރިން ޕްލޭންކުރީ ބަޖެޓުގެ ތެރެއިން އެ ޓްރެކް އެޅުމުގެ މަސަައްކަތް ކުރިއަށް ގެންދިއުމަށް ކަމަށެވެ. ނަމަވެސް ކޮވިޑްގެ ސަބަބުން އެކަމަށް ހުރަސް އެޅުނީ ކަމަށްވެސް ވިދާޅުވިއެވެ.
މިހާރު އެ މަސައްކަތް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ އިންޑިއާގެ ސަރުކާރުގެ، އެލްއޯސީގެ ތެރެއިން ކަނޑައަޅާފައިވާ 40 މިލިޔަން ޑޮލަރުގެ ތެރެއިން ކަމަށާއި އޭގެ ތެރޭގައި ހިތަދޫ، ފުވައްމުލަކު، ތިނަދޫ އަދި ކުޅުއްދުފުށީގައި ޓްރެކް ހެދުން ހިމެނޭ ކަމަށްވެސް ވިދާޅުވިއެވެ.
އެ ޓްރެކްތައް ހަދަން ފެށުމުގެ މަސައްކަތް މިހާރު އޮތީ އެންމެ ފަހު މަރުހަލާގައި ކަމަށާއި ޕްރީ ކޮލިފިކޭޝަންގެ ޕޭޕަރުތައް ނިމި، ކުރިއަށް އޮތް ހަތަރު މަސް ދުވަހެއްގެ ތެރޭގައި މަސައްކަތް ފެށޭވަރުވާނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު