ބައިނަލްއަގުވާމީ ޔޯގާ ދުވަސް ފާހަގަކުރުމަށް ގަލޮޅު ސްޓޭޑިއަމްގައި ބޭއްވި ހަރަކާތް ކުރިއަށް ދަނިކޮށް އެތަނަށް ވަދެގަނެ, ހަމަނުޖެހުން ހިންގި މައްސަލައިގައި ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ހިތްވަރު ދިނުމުގެ ދައުވާ އައްޝައިހް އާދަމް ނިޝާން ބިން އަލީ އާދަމް އާއި އައްޝައިހް ފަޒްލޫން މުހައްމަދުގެ މައްޗަށް ކޮށްފިއެވެ.
ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުގެ މީޑިއާ އޮފިޝަލު އަދި ޕަބްލިކް ޕްރޮސެކިއުޓާ އަހުމަދު ޝަފީއު ދެންމެ ވިދާޅުވީ، ނ. މިލަންދޫ ނާޒް ފަޒްލޫން މުހައްމަދާއި، ލ. މާމެންދޫ ސޯސަންވިލާ އާދަމް ނިޝާނައަށް ދައުވާކުރީ، ޖޫން 21 ވަނަ ދުވަހު ބޭއްވި ބައިނަލް އަގުވާމީ ޔޯގާ ދުވަހުގެ ހަރަކާތްތަކާ ދެކޮޅަށް ގަލޮޅު ބޯޅަ ދަނޑު ހިމެނޭ ސަރަހައްދުގައި ބޭއްވި އެއްވުމުގެ ބައިވެރިން، ދަނޑު ތެރެއަށްވަދެގަނެ، ޓެރަރިޒަމްގެ އަމަލުތަކެއް ހިންގިކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައި ކަމަށެވެ.
އެ ދެމީހުންގެ މައްޗަށް ދައުވާކުރީ ޓެރަރިޒަމް މަނާ ކުރުމުގެ ގާނޫނުގެ އަށްވަނަ މާއްދާގެ (ނ) ގެ ދަށުން ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ހިތްވަރުދިނުމުގެ ދައުވާ ކަމަށާއި، އެ ދައުވާގެ އަދަބަކީ، 10 އަހަރާއި 15 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުން ކަމަށްވެސް ވިދާޅުވިއެވެ.
އެ ދެމީހުންގެ މައްޗަށްކުރި ދައުވާ އިއްޔެ ކުރިމިނަލް ކޯޓަށް ހުށަހަޅާފައިވާ ކަމަށްވެސް ޝަފީއު ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު