އައްޑޫ ސިޓީ ހިތަދޫއިން ގެއްލިގެން ހޯދަމުންދިޔަ ޒުވާނާ ފެނިއްޖެއެވެ.

ހިތަދޫން ގެއްލިގެން ހޯދަމުންދިޔައީ އުބައިދުﷲ ހަސަން (28އ)އެވެ.

ފުލުހުން ދެންމެ ކުރި ޓްވީޓެއްގައި ބުނީ، މިރޭ 12:50 ހާއިރު އޭނާއަށް ގުޅިފައިވާ ކަމަށާއި އޭނާގެ ހާލު ރަނގަޅު ކަމަށެވެ. އަދި އޭނާ މިވަގުތު ހުރީ މަސްދޯންޏެއްގައި ކަމަށްވެސް ފުލުހުން ބުންޏެވެ.

އުބައިދުﷲ ގެއްލިގެން ފުލުހަށް ރިޕޯޓުކޮށްފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުގެ ހެނދުނު 8:00 ހާއިރެވެ. އޭނާ އެންމެ ފަހުން ފެނުނީ މިދިޔަ އަންގާރަ ދުވަހުގެ ހެނދުނު 8:00 ހާއިރު ހިތަދޫ ގުރައިޝާމަންޒިލް ކައިރިންނެވެ.