ނިމިދިޔަ ސެޕްޓެމްބަރު މަސް ފެށިގެން ދިޔައީ ރާއްޖޭގެ ބޮޑު ބަޔަކަށް ހުޅަނގު މޫސުމުގެ ބާރު ވަރަށް ގަދަކޮށެވެ. މާލެއަށް ދުވަހުގެ އެކި ވަގުތު ބޯކޮށް ވާރޭ ވެހި، މަގުތައް ފެންބޮޑުވެގެން ދިޔައެވެ. ވާރޭ ވެހި ގޭގޭގެ ފުރާޅުން ފެން ލީކުވުމުގެ ހާދިސާތަކާއި ފެންބޮޑުވެ އެކި ގޭގެއަށް ފެން ވަނުން ފަދަ ކަންކަން ހިނގިއެވެ.
މިފަދަ ހާދިސާތައް ހިނގުމުގެ ތެރޭގައި ގޭގޭގައި ހިފައި ގެންގުޅޭ ސާމާނާއި ފަރުނީޗަރާއި އިލެކްޓްރޯނިކް ސާމާނަށް ގެއްލުން ވުމަކީ އެކަށީގެންވާ ކަމެކެވެ. އެގޮތުން ސީލިންގުން ފެން ލީކުވެ ފަރުނީޗަރުގެ އިތުރުން ޓީވީ އާއި އެހެނިހެން އިލެކްޓްރޯނިކް ސާމާނަށް އޭގެ އަސަރު ކުރުމަކީ އެކަށީގެންވާ ކަމެކެވެ. އެހެންކަމުން މިފަދަ ހާދިސާއަކަށް ތައްޔާރުވެ، ތަކެތި ހަލާކުވުން ނުވަތަ ލިބިދާނެ ގެއްލުމެއްގެ ބުރަ ކުޑަ ކުރެވޭނެ ގޮތްގޮތް ހޯދުމަކީ ބޭނުންތެރި ކަމެކެވެ.
މި ހާލަތަށް އެންމެ އެކަށޭނަ ރައްކާތެރިކަމަކީ ހޯމް ކޮންޓެންޓް ނުވަތަ ގޭތެރޭގައި ހުންނަ މުދާ ރައްކާތެރިކޮށްފައި ބެހެއްޓުމެވެ. އެތަކެއްޗަށް ގެއްލުމެއްވެއްޖެ ނަމަ، ދިރިއުޅުމުގެ ކަންކަމަށްވެސް ދަތިވާ ފަދަ ސާމާނު ކަމަށްވާ އެނދާއި ކަބަޑާއި މޭޒާއި ގޮނޑި އާއި ގޭގެ ފްލޯރިންގެ އިތުރުން ބަދިގޭގައި ބޭނުންކުރާ ބްލެންޑަރާއި އަވަނާއި މައިކްރޮވޭވް ފަދަ ތަކެއްޗަކީ އިންޝުއާކޮށް ރައްކާތެރިކަން ކަށަވަރު ކުރުން މުހިއްމު ބޭނުންތެރި މުދަލެވެ.
އެލައިޑް އިންޝުއަރަންސްގެ އިސްލާމިކް ވިންޑޯ "އަޔާދީ ތަކާފުލް"ގެ "ހިޔާވަހި" ޕްލޭނަކީ ގޭތެރޭގައި ގެންގުޅޭ މުދަލަށް ލިބިދާނެ ގެއްލުމަކުން ރައްކާތެރިކޮށްދޭ ބައިވެރިޔާއެވެ. ވިއްސާރަ އާއި ފެންބޮޑުވުމާއި ހޮނުއެޅުމާއި ބިންހެލުން ފަދަ ގުދުރަތީ ކާރިސާތަކާއި އަލިފާނުގެ ހާދިސާއެއް ނުވަތަ ނުރައްކާތެރި ގޮވުމެއް ގޮވުމާއި ދުމުގެ އަސަރު ކޮށްގެން މުދަލަށް ލިބޭ ގެއްލުންތައް މި ޕްލޭނުން ކަވަރުކޮށްދޭނެއެވެ. ވައިގަދަވެގެން ގަހެއް ނުވަތަ ގަހެއްގެ ބައެއް ވެއްޓި ގޭތެރޭގައި ހުންނަ މުދަލަށް ގެއްލުމެއް ލިބިއްޖެ ނަމަ، އެ ގެއްލުމަކަށް ވެސް މި ޕްލޭނުން ކަވަރޭޖު ލިބޭނެއެވެ.
މީގެ އިތުރުން ވައްކަން ކުރުމުގެ ނިޔަތުގައި ގެއަށް މީހަކު ވަދެގެން، މި ޕްލޭންގެ ދަށުން ކަވަރުކޮށްފައިވާ މުދަލަކަށް ގެއްލުމެއް ލިބިފައިވާ ނަމަ، އެ ގެއްލުމަކަށް ވެސް ކަވަރޭޖު ލިބޭނެއެވެ.
އަޔާދީ ތަކާފުލްގެ "ހިޔާވަހި" ޕްލޭނުގައި ފަސް ގިންތިއެއް ހިމެނެއެވެ. އެއީ 150,000 ރުފިޔާގެ ކަވަރޭޖު ލިބޭ "ބޭސިކް"، 250,000 ރުފިޔާގެ ކަވަރޭޖު ލިބޭ "އެކްސެލް"، 350,000 ރުފިޔާގެ ކަވަރޭޖު ލިބޭ "ޕްރީމިއަމް"، 485,000 ރުފިޔާގެ ކަވަރޭޖެއް ލިބޭ "ޑިލަކްސް" އަދި 650,000 ރުފިޔާގެ ކަވަރޭޖެއް ލިބޭ "ލަގްޒަރީ" ގިންތިއެވެ. މިއިން ކޮންމެ ގިންތިއެއްގައި ވެސް ވަކިވަކި މުދަލަށް ކަވަރޭޖު ލިބޭނެ އެންމެ މަތީ މިންވަރު ކަނޑައެޅިފައި ހުރެއެވެ.
އެގޮތުން "ބޭސިކް"ގައި އެއާކޮންޑިޝަނަރަށް ކަނޑައެޅިފައިވާ އެންމެ މަތީ ލިމިޓަކީ 18,000 ރުފިޔާގެ ކަވަރޭޖެވެ. "ޕްރީމިއަމް"ގައި 33,000 ރުފިޔާ ކަނޑައެޅިފައިވާ އިރު، އެންމެ މަތީ ގިންތި ކަމުގައިވާ "ލަގްޒަރީ"ގައި އެއާކޮންޑިޝަނަރަށް ކަނޑައެޅިފައި ވަނީ 60,000 ރުފިޔާއެވެ. "ހިޔާވަހި" ޕްލޭނެއް ނަގާއިރު ގޭބިސީގައި ހުރި މުދަލުގެ އަގާއި އަދަދަށް ބަލައި އެ މުދަލުގެ ކަވަރޭޖަށް އެންމެ އެކަށޭނަ ލިމިޓެއް ކަނޑައަޅާފައިވާ ގިންތީގެ ޕްލޭނެއް ނެގޭނެއެވެ.
"ހިޔާވަހި" ޕްލޭނަކީ އަގު ހެޔޮ އަދި ރާއްޖޭގެ ކޮންމެ ސަރަހައްދެއްގައި ހުރި ގެއަކަށްވެސް ނަގަން ފަސޭހަ ޕްލޭނެކެވެ. ހިޔާވަހީގެ އެންމެ ކުޑަ ޕްލޭން "ބޭސިކް"ގެ އަގަކީ އަހަރަކު އެންމެ 200 ރުފިޔާއެވެ. އެންމެ މަތީ ގިންތީ "ލަގްޒަރީ"ގެ އަގަކީ އަހަރަކު އެންމެ 600 ރުފިޔާއެވެ. ކޮންމެ ގިންތިއެއްގެ އަގުގައި އުޅެނީ އެންމެ 100 ރުފިޔާގެ ފަރަގެކެވެ.
އަޔާދީގެ "ހިޔާވަހި" ޕްލޭނެއް ނަގައި، އޭގެ ފައިދާތައް ލިބިގަތުމަށް ލަސްނުކުރަމާ ހިނގާށެވެ. އަޔާދީ ތަކާފުލް - އެލައިޑް އިސްލާމިކް ވިންޑޯގެ "މައިއެލައިޑް" ޕޯޓަލް މެދުވެރިކޮށް މި ޕްލޭން އޮންލައިންކޮށް ނެގޭނެއެވެ.
ހިޔާރުކުރާ ޕެކޭޖެއް ސިލެކްޓް ކުރުމަށް ފަހު ޕްލޭން ބަލައިގަންނަ ފަރާތުގެ މައުލޫމާތާއި އިންޝުއާކުރާ މުދާ ހުރި ގޭބިސީގެ މައުލޫމާތު ޖެހުމަށް ފަހު އޮންލައިންކޮށް ނެގޭނެއެވެ.
ގޭތެރޭގެ މުދަލުގެ ރައްކާތެރިކަމަށް އިސްކަންދެމާ ހިނގާށެވެ. އިތުރު މައުލޫމާތު އެލައިޑް އިންޝުއަރަންސްގެ ހޮޓްލައިން 1600 އިން ލިބޭނެއެވެ.