ގޫގުލްގެ ގިނަ އެޕްލިކޭޝަން ތަކަކީ އަހަރެމެން ދިވެހިންނަށް ފަސޭހަ، ބޭނުންތެރި އެޕްލިކޭޝަން ތަކެކެވެ. އަހަރެމެން އެންމެން ޖީމެއިލް ބޭނުން ކުރަމުން އަންނަ އިރު، ގޫގުލް ޑުރައިވްގައި ފައިލްތައް ރައްކާކުރާ މީހުންނާއި ގޫގުލް ފޮޓޯ ފޮށީގައި ފޮޓޯތައް ރައްކާ ނުކުރާ މީހެއްވެސް މިހާރު މަދުވާނެއެވެ. ޗައިނާ މޯލްޑިވްސް ޕުރެންޑްޝިޕް ބުރިޖުން މާލެއާއި ހުޅުމާލެ ގުޅާލުމާއެކު، ހުޅުމާލެ ފޭސްދޭއް ހުޅުވާލުމުން ގޫގުލް ޗާޓް ޖައްސައިގެން ވެހިކަލް ދުއްވާ މީހުންވެސް މިހާރު މަދެއް ނޫނެވެ. މިދައްކަނީ ގުރޭޓަރ މާލޭގައި ދިރިއުޅޭ ދިވެހިންގެ ވާހަކަ އެވެ.
ހަމަ އެގޮތަށް ދުނިޔޭގެ ބޮޑެތި ސިޓީ ތަކުގައި ގޫގުލް ޗާޓު ބޭނުންކުރުމަކީ އަދި މާބޮޑަށް އާންމު ކަމެކެވެ. އެ ޗާޓް ބޭނުންކުރާ މީހުންނަށް އެކި މަގު ތަކުގައި ޓުރެފިކް ޖެހިފައިވާ ވަރާއި ފަސޭހައިން ދާން ބޭނުންވާ މަންޒިލަށް ދިއުމަށް ދެން އަޅަންވީ ފަސޭހަ ގޯޅިތައްވެސް ކިޔައިދެއެވެ. އެހެންކަމުން ގޫގްލް ޗާޓް "މެޕް" ވެފައިވަނީ ކޮންމެ ދުވަހަކު ވެސް ބޭނުން ކުރާ ފަސޭހަ އެޕްލިކޭޝަނަކަށެވެ.
ގޫގުލްގެ ޗާޓުން ކުރިން ބުނި ޓުރެފިކް ޖެހިފައިވާ ވަރު ދައްކައިދެނީ އެ އެޕްލިކޭޝަން ބޭނުން ކުރާ ގިނަ ބަޔަކު އެއްތާކަށް ޖަމާވެ ކުރިޔަށް ގުޑާނުލެވިފައި ތިބޭތީ އެވެ. އެހެންކަމުން އެ މަގަށް އިތުރު މީހަކު ގޮސް ކާރުގައި ނުވަތަ އެހެންވެސް އުޅަނދެއްގައި ވަނުމުގެ ކުރިން ރަތް ކުލައިން މަގު ދިއްލާލައެވެ.
ގިނަ ބަޔަކު ބޭނުންކުރާ ގޫގުލް ޗާޓަށް ތައާރަފު ކުރާ "ވައިބް ޗެކް" ގެ ސަބަބުން މަޖާކޮށްލަން ނުވަތަ އައު ތަޒުރިބާއެއް ކޮށްލަން ދާނެ މަންޒިލްތައް ކަނޑައެޅުމަށް ފަސޭނަ ވާނެ ކަމަށާއި ދާ މަންޒިލްގެ އެކި އެކި މުހިއްމު ތަންތަނާއި އެ ތަންތަކުގައި ހިންގާ ހަރަކާތް ތަކާއި، ހާލަތު ހުރިގޮތާއި، އެ މާހައުލުގައި ތިބި މީހުންގެ އިހުސާސްތައް "ވައިބްޗެކް" ގޫގުލް ޗާޓުން ދައްކައިދޭނެއެވެ.
ގޫގުލް މެޕްސް އަށް ގެނެވޭ ބޮޑު އަޕްޑޭޓާ އެކު އެޑްވެންޗާތައް ޕްލޭން ކުރުމަށް ދެން މާބޮޑަށްވެސް ފަސޭހަވާނެއެވެ. ރަށުގެ އާ ބަޔަކަށް މިސްރާބު ޖަހާނަމަ، އަލަށް ތައާރަފު ކުރާ ނެއިބަރހުޑް ވައިބް ކިޔާ ފީޗާއަކުން އެ ސަރަހައްދު މީހުންގެ ރިވިއުތައް ފެނިގެން ދާނެއެވެ. އެމީހުންގެ “ވައިބް” އެއް ހޯދުމަށް އެހީތެރިވެދޭނެ އެވެ. "އަވަށްޓެރި ރަށެއްގެ ވައިބް ކަނޑައެޅުމަށްޓަކައި، ކޮންމެ ދުވަހަކު 20 މިލިއަނަށް ވުރެ ގިނަ އެކި އެކި މީހުންގެ ވާހަކަތައް ގޫގުލް ޗާޓުން ދެނެގަނެ ދާ މަންޒިލްގެ ހާލަތު ކުރިން ދެނެގަނެވޭނެ ކަމަށް ގޫގުލްއިން ބުނެއެވެ.
ގޫގުލް ޗާޓުން އެކި އެކި އައު ފީޗާސްތައް ތައާރަފު ކުރަމުން އަންނައިރު ގިނަ ބަޔަކަށް އެންމެ އަޅައިގަންނަ ކަމަކަށް މިފަހަރު ފާހަގަ ކުރެވުނީ "ވައިބް ޗެކް" އެވެ.