ހައިހީލްސް ނުވަތަ އުސް، ކަށިއުސް ފައިވާނަށާއި ބޫޓަށް އެރުމަކީ އާންމު ކަމެކެވެ. ވަރަށް އާންމުކޮށް ފައިމަގުގައި، ހިނގާފައި ތަންތަނަށް، ދުރު ހިސާބަށްވެސް އުސްކަށިތައް ނުވަތަ ހައިހީލްސް ލައިގެން ހިނގުމަށް ފަރިތަ އަންހެންކުދިންނާއި އަންހެނުންވެސް ފެނެއެވެ. އެކަމަކު މާބަނޑު ދުވަސްވަރު އަދި ދިގު މުއްދަތަކަށް ހައިހީލްސް ލުމުގެ ނަތީޖާ ވަރަށް ހިތިވެދާނެކަން އެފަދަ ފަރާތްތަކަށް ނޭނގި އޮތުން އެކަށީގެންވެއެވެ.

ހަގީގަތުގައި ހައިހީލްސްއަކީ ކިތަންމެ ރީތި އަދި އާދަވުމުން ފަސޭހަ އެއްޗަކަށްވިޔަސް ދިގު މުއްދަތަކަށް ހައިހީލްސްގައި ހިނގުން ރައްކާތެރި ނޫންކަން ބައެއް މީހުނަކަށް ނޭނގެއެވެ. އެނގޭނަމަ އަމިއްލައަށް ހަށިގަނޑަށް އަނިޔާ ދޭކަށް އެއްވެސް މީހަކު ނުރުހޭނެއެވެ.

ހައި ހީލްސް ލައިގެން ހުރުމުން ހަށިގަނޑު ތެދުކޮށް އިސްކޮޅުން ދިގުކަމަށް ދައްކާތީ، ރީތިކަން އިހުސާސް ކުރެވޭ ކަމަށް ތަޖުރިބާކާރުން ބުނެއެވެ. އެކަމަކު ހަނދާން ނައްތައިނުލަންވީ ކޮންމެ އެއްޗަކަށްވުރެވެސް ސިއްހަތު މުހިންމު ކަމަށާއި، ހީލްސްގެ ގޮތުގައި މަދު ސެންޓިމީޓަރެއް އުސްމިނުގައި ހުރުމުން ދިގު މުއްދަތުގައި ސިއްހީ ގޮތުން ބައެއް މައްސަލަތައް ކުރިމަތިވެދާނެ ކަމަށެވެ.

މުޅި ދުވަހު ހައި ހީލްސްއަށް އަރައިގެން އުޅޭއުޅުމުގެ ތެރޭގައި ކުރިއަށް ބަރުދަނެއް އިތުރުވާހެން ހީވޭހެއްޔެވެ؟ އެއްވެސް ވަރަކަށް ހަށިގަނޑު ބަރުނުވާއިރު ކުރިއަށް ބުރަވާހެން ހީވަނީ ކީއްވެގެންކަމަށްހެއްޔެވެ.؟ މިކަން ދިމާވަނީ ހައިހީލްސްގެ ސަބަބުން ބުރަކަށްޓަށް އިތުރުވާ، (ފައިގެ ބެލެންސުން ނަގައިދޭ ބަރު ހިފެހެއްޓުމަށް އިތުރުވާ ބާރު) ބުރަކަށީގައި ހުންނަ ޕްރެޝަރު ދޫކޮށްލަން މަސައްކަތްކުރާ އިހުސާސް ކުރެވޭތީއެވެ. ތިބާގެ ބުރަކަށީގައި އާދައިގެ ހާލަތެއްގައި ސީ ކަރވްގެ ބައްޓަމެއް ހުރެއެވެ. ހައި ހީލްސް އަޅައިގެން އުޅޭއިރު ބުރަކަށީގެ ބައްޓަން ބަދަލުވެ، ވަގުތު ފާއިތުވަމުންދާ ވަރަކަށް، ޑިސްކްތަކާއި ހުޅުތަކާއި ބުރަކަށީގައި ހުންނަ ލިގަމެންޓްތަކުގައި ހުންނަ ކާޓިލޭޖްތަކަށް ބަދަލުތައް އަންނަމުންދާނެއެވެ.

މާގިނައިން ކަކުލުގެ ޓޯކް (ފޯސް އޮފް ރޮޓޭޝަން) އާއި ކޮމްޕްރެޝަންގެ ސަބަބުން ހައި ހީލްސް ލައިގެން އުޅޭއިރު ކަކުލު ހުޅުގައި ރިއްސާ ގޮތް ވެއެވެ. ކަކުލުގެ އޮސްޓިއޯއާތުރައިޓިސްގެ ނަމުން މަޝްހޫރު “ވޭއާ އެންޑް ޓީއާ އާތުރައިޓިސް” ފިރިހެނުންނަށް ވުރެ އަންހެނުންނަށް މާ ގިނައިން ދިމާވާއިރު، ހައި ހީލްސްއަށް އެރުމަކީ މިކަން ދިމާވާ މައިގަނޑު އެއް ސަބަބެވެ.

މާ އުސްމިނުގެ ސަބަބުން ކަކުލުގެ މަސްތަކަށް ގެއްލުން ލިބިދާނެތީ ހިނގާފައި ދާއިރު ފައި ކުރިއަށް ގެންދިއުމަށް ފައިގެ ކަކުލަށް މާ އުނދަގޫވެދާނެ އެވެ. އަދިހަމަމިއާއެކު ފައިގެ ކަކުލު ހުޅަށް އަންނަ މިދަތިކަމުގެ ސަބަބުން ދިމާވާ ގެއްލުންތައް ބޮޑެވެ. ވަގުތު ފާއިތުވަމުންދާ ވަރަކަށް އިންސަރޝަނަލް އެކިލްސް ޓެންޑޮނައިޓިސް ގެ ނަންދެވިފައިވާ އިންފްލެމޭޓަރީ ހާލަތެއް ކުރިމަތިވެދާނެ އެވެ. ތިބާގެ އުނަގަނޑު ފްލެކްސަރ މަސްތައް އަބަދުވެސް ހަމަޖެހިފައި، ފްލެކްސިބަލްކޮށް ހުންނަން މަޖުބޫރުވާއިރު، މި މަސްތައް ބާރުވެ ކުރުގެޅި ވާކަމަށްވަންޏާ ވަގުތު ފާއިތުވަމުންދާ ވަރަކަށް ސިއްހީ ބައެއް މައްސަލަތައް ކުރިމަތިވެދާނެއެވެ.

ހައި ހީލްސްގައި ކޮޅަށް ހުންނައިރު، ބާރުވެ، ކުރުގެޅިފައިވާ ކަކުލުގެ މަސްގަނޑުގެ ސަބަބުން އާންމުކޮށް ލޭ ޕަމްޕް ކުރަންޖެހޭ ގޮތަށް ލޭނާރުތަކުގެ ތެރެއަށް ނުވަދެއެވެ. ލޭނާރުތައް ގޮށްޖެހޭ ގޮތްވުން އެކަށީގެންވެއެވެ. އެކަމުގެ އަލާމާތްތައް މިހާރުވެސް ފެންނަން ހުރިނަމަ، ސިއްހީލަފާދޭ ފަރާތްތައް ސްނީކަރ ޖޯޑެއް ލައިގެން އުޅުމަށް ލަފާދެއެވެ. މަސްތަކާއި ޓެންޑަންތަކާއި ލިގަމެންޓްތައް ބެލެންސް ނުވުމުގެ ސަބަބުން ހެމަރޓޯ ކިޔާ އެއްޗެއް އުފެދި، އެއީ ފައިގެ ޑިފޯމިޓީއެއް އުފެދިވެދާނެ އެވެ. މިހެންވުމުން (ބޫޓުގެ ކުރިމަތީ ބައިގެ ތެރޭގައި “ފިއްތާފައި” ހުރުމުން) ފައިގެ އިނގިލިތައް ގުދުރަތީ ސިފައެއްގައި ނުހުރެއެވެ.

މަސްތަކުގައި ތަތްވުން އިތުރުވުމުން ސިޑިން މައްޗަށް އަރައި ފޭބުމާއި، ހިނގާލަން ދިއުން ނުވަތަ ޖޮގިން ފަދަ ކޮންމެ ދުވަހެއްގެ ހަރަކާތްތަކަށް ހުރަސްއެޅިދާނެ އެވެ. އެހެންކަމުން ދޭތެރެ ދޭތެރެއިން ފައިގައި މަސާޖު ކުރުމަށް ސަމާލުކަން ދޭންޖެހެއެވެ.

ހައި ހީލްސްއަށް އެރުމުގެ ކުރިންނާއި ފަހުން ވެސް ސްޓްރެޗިން ހެދިދާނެއެވެ.

އެއް އިންޗި ބޯ ފޮތެއް ބިމުގައި ބާއްވާށެވެ.

ކަނާތު ފައިގެ ފިޔަވަޅުގެ ބޯލް (ފިޔަވަޅުގެ ދަށްފުށުގައި ބޮޑުވާއިނގިއްޔާ ޖެހިގެން އުސްކޮށް ހުންނަތަން،) ފޮތުގެ މަތީގައި ޖައްސާފައި، ފައިގެ ފުންނާބު ބިންމަތީގައި ޖައްސާށެވެ.

ކުރިއަށް ގުދުވެ ފޮތުގައި އަތުން ހިފަން މަސައްކަތް ކުރާށެވެ (ކަކުލު ހުޅުން ލަނބައިލެވޭނެއެވެ).

30 ސިކުންތު ވަންދެން މިގޮތަށް ގުދުވެ އޮންނާށެވެ. ދެން ފައި ބަދަލުކޮށްލާށެވެ. 2 ނުވަތަ 3 ފަހަރު ތަކުރާރު ކުރާށެވެ.

މިހާރުދެން އަމިއްލައަށް ގޮތް ނިންމާށެވެ. ހައިހީލްސް ތޯ ނުވަތަ ސްނިކާސް ތޯ ނިންމާށެވެ.