ޒިމްބާބުވޭގެ މަޝްހޫރު ދީނީ އިލްމުވެރިޔާ މުފްތީ މެންކް ރާއްޖެ ވަޑައިގަތުމަށް ހަމަޖެހިއްޖެއެވެ.
އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު މިއަދު "ވަން" އަށް ވިދާޅުވީ، އިސްލާމިކް މިނިސްޓްރީގެ ދައުވަތަކަށް އަންނަ މަހު 28 އިން 31 އަށް މުފްތީ މެންކް ރާއްޖެ އަށް ދަތުރެއް ކުރައްވާނެ ކަމަށެވެ.
އަދި މި ދަތުރުގައި މާލެއާއި ފުވައްމުލައް އަދި އައްޑޫ ސިޓީގައި ދީނީ ދަރުސް ދެއްވާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ.
މުފްތީ މެންކް އެންމެފަހުން ރާއްޖެ ވަޑައިގަތީ 2020 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ ތެރޭގައެވެ. އެފަހަރުގެ ދަތުރުގައި މާލެއާއި އައްޑޫގެ އިތުރުން ދެން ދަރުސް ދެއްވީ ހދ. ކުޅުދުއްފުށީގައެވެ.
އޭގެ ކުރިން 2016 ވަނަ އަހަރާއި 2015 ވަނަ އަހަރުވެސް މުފްތީ މެންކް ރާއްޖެ ވަޑައިގެންނެވިއެވެ.
ދުނިޔޭގެ އެކި ކަންކޮޅުތަކަށް ވަޑައިގެން ދީނީ ދަރުސް ދެއްވަމުން އަންނަ މުފްތީއަކީ ޒިންބާބުވޭގެ ފަތުވާ ޑިޕާޓްމެންޓްގެ ހެޑެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު