ފައިނޭންޝަލް ކޮންޓްރޯލަރުގެ މަގާމުގައި ހުންނެވި ފާތިމަތު ރަޒީނާ އެ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ.
ފިނޭންސް މިނިސްޓްރީގެ ކޮމިއުނިކޭޝަން ޑިރެކްޓަރު ލަމްއާން ވަހީދު "ވަން" އަށް މިއަދު ވިދާޅުވީ ރަޒީނާ އިސްތިއުފާ ދެއްވީ ހުސްވި ހަފުތާގެ ތެރޭގައި ކަމަށެވެ. މަގާމުން އިސްތިއުފާ ދެއްވީ ޕީއެޗްޑީ ހާސިލުކުރެއްވުމަށް ރާއްޖެއިން ބޭރަށް ވަޑައިގަތުމަށް ކަމަށްވެސް ވިދާޅުވިއެވެ.
ދައުލަތަަށް ހިދުމަތް ކުރުމުގައި 25 އަހަރު ހޭދަކުރައްވާފައިވާ ރަޒީނާ ފިނޭންސް މިނިސްޓްރީއާ ގުޅިވަޑައިގަތީ 2007 ވަނަ އަހަރެވެ. ފައިނޭންޝިއަލް ކޮންޓްރޯލާގެ މަގާމަށް އޭނާ އައްޔަންކުރެއްވީ 2016 ވަނަ އަހަރެވެ.
ރަޒީނާ ވަނީ 1997 ވަނަ އަހަރުން ފެށިގެން 2007 ވަނަ އަހަރާ ހަމައަށް އެޑިއުކޭޝަން މިނިސްޓްރީގައިވެސް މަސައްކަތް ކުރައްވައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު