ރާއްޖެ އާއި ރިޕަބްލިކް އޮފް ގިނީ ބިސާއޫއާ ދެމެދު މިއަދު ރަސްމީކޮށް ހާރިޖީ ގުޅުން ގާއިމުކޮށްފިއެވެ.
ރާއްޖެ އާއި ގިނީ ބިސާއޫއާ ދެމެދު ހާރިޖީ ގުޅުން ގާއިމްކުރުމުގެ އެއްބަސްވުމުގައި ސޮއިކުރީ އެމެރިކާގެ ނިއު ޔޯކުގައި މިހާރު ކުރިއަށްދާ އދ.ގެ އާންމު މަޖިލީހުގެ 77 ވަނަ ދައުރުގެ އާންމު ބަހުސްގެ ހަވާސާގައެވެ.
ދެ ގައުމުގެ ޑިޕްލޮމެޓިކް ގުޅުން ރަސްމީކޮށް އެކުލަވާލައި ޖޮއިންޓް ކޮމިއުނިކޭޝަންގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދެވެ. ގިނީ ބިސާއު ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ފޮރިން މިނިސްޓަރު ސޫޒީ ކާލާ ބާބޯސާއެވެ.
ފޮރިން މިނިސްޓްރީން ބުނީ އެކި ގައުމުތަކާ އެކު ހާރިޖީ ގުޅުން ބަދަހިކޮށް، ދެ ފަރާތަށް ފައިދާވާ ކަންކަމުގައި ގުޅިގެން މަސައްކަތް ކުރުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ހާރިޖީ ސިޔާސަތުގައި ހިމެނޭ މުހިންމު ކަމެއް ކަމަށެވެ.
ހުޅަނގު އެފްރިކާގެ އެޓްލާންޓިކް އައްސޭރީގައި އޮންނަ އާބާދީގައި ގާތްގަނޑަކަށް 1.97 މިލިއަން މީހުންގެ ގިނީ ބިސާއޫއަކީ ރާއްޖެއިން ހާރިޖީ ގުޅުން ގާއިމުކުރި 181 ވަނަ ގައުމެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު