ނުވަ ދާއިރާއެއް ހިމަނައިގެން މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ އާއްމު ސިޔާސަތު ފާސްކޮށްފިއެވެ.
ތާޖުއްދީން ސްކޫލުގައި މިހާރު ކުރިއަށްދާ އެމްއެންޕީގެ ފުރަތަމަ ކޮންގްރެސްގެ މިއަދު މެންދުރުފަހު ދަންފަޅީގައި އެ ސިޔާސަތު ފާސްކުރީ ކޮންރެސްގައި ބައިވެރިވި ހުރިހާ މެންބަރުންގެ އިއްތިފާގުންނެވެ.
- ދީނާއި ގައުމިއްޔަތު
- ފުދުންތެރި ދިވެއްސެއް
- ހައްގުތަކާއި ހިޔާވަހިކަން
- ގައުމީ އުފެއްދުންތެރި ކަމާއި ތަރައްގީ
- އިގްތިސާދީ ދަތުރު ފަތުރު
- ހެޔޮ ވެރިކަން
- އަދުލު އިންސާފާއި މުޖުތަމައުގެ ސަލާމަތްތެރިކަން
- ވެށީގެ ރައްކާތެރިކަން
- ނިސްމާނީ އަދި ނަފްސާނީ ދުޅަހެޔޮކަން
ފާސްކުރި ސިޔާސަތުތަކުގެ ތެރޭގައި ދީނާއި ގައުމިއްޔަތުގެ ދާއިރާއިން ހަތަރު ކަމެއް ހިމަނާފައިވެއެވެ.
އޭގެ ތެރޭގައި އިސްލާމީ އުސޫލުތަކުގެ މަތީގައި ތިބެގެން ގައުމު ކުރިއެރުވުމަށް މަސައްކަތްކުރުމާއި ރާއްޖޭގައި އިސްލާމީ ވަހުދަތު ކުރިއެރުވުމާއި ރާއްޖޭގެ މިނިވަންކަމަށް ހިޔަނި އެޅޭނެ އެއްވެސް އަމަލެއް ބަހުންނާއި އަމަލުން ނުހިންގުމާއި ރާއްޖޭގެ އާދަކާދަތަކަށާއި ގައުމީ ދިދައާއި ނިޝާންތަކަށް އިހުތިރާމުކުރުމާއި ކޮންމެ ކަމެއްގައިވެސް ރާއްޖެއަށް ވާނެ ފައިދާއަށް ބަލައި ރާއްޖެއާއި ދިވެހިންނަށް އިސްކަންދިނުން ހިމެނެއެވެ.
ފުދުންތެރި ދިވެއްސެއްގެ ސިޔާސަތުތަކުގެ ތެރޭގައި ހަތަރު ކަމެއް ހިމަނާފައިވެއެވެ.
އޭގެ ތެރޭގައި ދިވެހިންގެ ފުދުންތެރިކަން އިތުރުކުރުމާއި އާއިލީ ގުޅުން ބަދަހިކުރުމަށް އިސްކަން ދިނުމުގެ އިތުރުން ވަޒީފާގެ ޔަގީންކަން ކޮންމެ މަސައްކަތްތެރިއަކަށް އޮތުން ވަނީ ހިމަނައިފައެވެ. އަދި އިލްމީ މާއްދާތަކުން ކުރިއަށް ދިއުމަށް ދަތިވާ ދަރިވަރުންނަށްވެސް އާމްދަނީ ހޯދޭ ފަދަ ހުނަރު ދަސްކޮށްދީގެން ހެޔޮ ދިރިއުޅުމެއް އުޅެވޭނެ ގޮތް ތަނަވަސްކޮށްދިނުމާއި ޒަކާތު ފަންޑުން ހޭދަކުރާ ފައިސާ، ޒަކާތް ހައްގުވާ ފަރާތްތަކަށް ލިބުން ކަށަވަރުކޮށް، ޒަކާތް ދައްކާ ފަރާތްތަކުގެ އިތުބާރު ހޯދާމާއި ފަންޑު އިތުރަށް ހަރުދަނާ ކުރުމަށްވެސް ވަނީ ހިމަނައިފައެވެ.
އޭގެ އިތުރުން ހައްގުތަކާއި ހިޔާވަހިކަމުގެ ދާއިރާއިން ފަސްކަމެއް ގައުމީ އުފެއްދުންތެރި ކަމާއި ތަރައްގީގެ ދާއިރާއިންނާއި އިގުތިސާދީ ދަތުރުފަތުރުގެ ދާއިރާއިން 10 ކަމެއް، އަދުލު އިންސާފާއި މުޖުތަމައުގެ ސަލާމަތްތެރިކަމުގެ ދާއިރާއިން ހަތް ކަމެއް، ހެޔޮވެރިކަމުގެ ދާއިރާއިން 11 ކަމެއް، ވެށީގެ ރައްކާތެރިކަމުގެ ދާއިރާއިން ދެ ކަމެއް ހިމަނާފައިވާ އިރު، ޖިސްމާނީ އަދި ނަފުސާނީ ދުޅަހެޔޮކަމުގެ ދާއިރާއިން ފަސް ކަމެއް ހިމަނާފައިވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު