މ. މުލަކުގައި ފުލުހެއްގެ ސައިކަލުގައި އަލިފާން ރޯކޮށް އަންދާލައިފިއެވެ.
ފުލުހުންގެ މީޑިއާ އޮފިސަރު "ވަން" އަށް މިއަދު ވިދާޅުވީ މުލަކުގައި ފުލުހެއްގެ ސައިކަލު ރޯކޮށްލި ކަމުގެ ރިޕޯޓު ރޭ ލިބިފައިވާ ކަމަށެވެ.
އޮފިސަރު ވިދާޅުވީ މިިކަމާ ގުޅިގެން އިތުރަށް ބަލަން ޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށެވެ.
ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ފޮޓޯތަކުން ފެންނަ ގޮތުގައި ގެއެއްގެ ބޭރުގައި ޕާކުކޮށްފައި ހުރި ސައިކަލެއް ވަނީ ބޭނުން ނުކުރެވޭ ވަރަށް އަންދާލާފައެވެ. މި ސައިކަލު ރޯކޮށްލީ ކީއްވެގެން ކަމެއް ނޭނގެ އެވެ.
މީގެ ކުރިންވެސް ބައެއް ރަށްރަށުގައި ފުލުހުންގެ ވެހުކަލުތަކަށް އެކި ކަހަލަ ގެއްލުންތައް ދީފައިވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު