ހެލްތު މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު ޑރ. އަބްދުﷲ ވަހީދު އަވަހާރަވެއްޖެއެވެ.
ޑރ. އަބްދުޑ ވަހީދަކީ ރާއްޖޭގެ އެންމެ ފުރަތަމަ އޮޕަރޭޝަން ޑޮކްޓަރުންގެ ތެރޭގައި ހިމެނުނު މަޝްހޫރު ޑޮކްޓަރެކެވެ.
ޕޮލިސް އިންޓެގްރިޓީ ކޮމިޝަންގެ ރައީސްކަން ވެސް ކުރައްވާފައިވާ ޑރ. ވަހީދު އަވަހާރަވީ ނިއުމޯނިއާއަށް ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް މިއަދު ހެނދުނު އައިޖީއެމްއެޗް ހޮސްޕިޓަލުގައެވެ.
ރައީސް ޔާމީނުގެ ސަރުކާރުގައި ޑރ. ވަހީދު ވަނީ ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން ކުރައްވާފައެވެ. އައިޖީއެމްއެޗާއި ހަވާލުވެވަޑައިގެންވެސަ ދުވަސްކޮޅަކު ހުންނެވިއެވެ.
އުމުރުން 65 އަހަރުގައި ޑރ. ވަހީދު އަވަހާރަވިއިރު އަންބަކާއި ދަރިއެއް ދުނިޔޭގައި އެބަތިއްބެވެ.
ޚަބަރު
ޚަބަރު