ލައިފް ސްޓައިލް

ހަށިގަނޑުން ނުބައިވަސް ދުވަނީ؟ ހައްލު ހޯދަން މިތަކެތި އެހީތެރިވެދޭނެ!

ކޮންމެ މީހެއްގެ ގައިގައިވެސް ކޮންމެވެސް ކަހަލަ ވަހެއް ހުރުމަކީ ގުދުރަތީ، އަދި ފިތުރީ ކަމެކެވެ. ތުއްތު ކުއްޖާގެ ގައިން 'ބޭބީވަސް' ނުވަތަ 'ތުއްތު، ޅަ ވަހެއް' ހުންނައިރު، ހެދިބޮޑުވަމުން އަންނަ ވަރަކަށް މިބޭބީ، ޅަވަސް ދާނީ އުމުރާ އެކަށީގެންވާ ގޮތަށް ބަދަލުވަމުންނެވެ. އަހަރެމެން ލިބޭ މުސާރައިގެ ބައެއް އަބަދުވެސް ރީތިވާ ސާމާނާއި މީރުވަސްދުވާ ތަފާތު ތަކެއްޗަށް ހޭދަކުރަނީ އެއީ ވަރަށް ހާއްސަ ކަމަކަށްވާތީތާއެވެ. ފިތުރީގޮތުންވެސް ތޮބީއީ ގޮތުންވެސް މީރުވަހަށް ހިތްލެނބޭކަން ކޮންމެމީހަކުވެސް ގަބޫލުކުރާނެއެވެ. ނުބައިވަސް ނުވަތަ ކަމުނުދާ، ނޭފަތަށް އުނދަގޫވާ ފަދަ ވަސްތަކަށް ނުރުހުމަކީވެސް ހަމަ މިބުނިފަދައިން އިންސާނާގެ ގައިގައި ލައްވާފައިވާ ސިފަތަކެވެ.

އަހަރެމެން އެންމެންގެ ވެސް ގުދުރަތީ ވަހެއް ހުންނައިރު، އަހަރެމެންނަށް ނޭނގޭ އަދި ނުވިސްނޭ ކަމެއް އޮވެއެވެ. ގަބޫލުކުރަން ދަތިވިޔަސް އަހަރަމެންގެ ގައިގައި ހުންނަ ވަހަށް އަސަރާއި ނުފޫޒު ފޯރުވަނީ އަހަރެމެންގެ ކެއުންތަކުގައި ހިމެނޭ ކާނާގެ ބާވަތްތަކުންނެވެ. ދުނިޔޭގެ އެކި ހިސާބުތަކުގައި، ސައިންޓިސްޓުން އެމީހުންގެ ތަފާތު އަގުބޮޑު އަދި ފެންވަރު ރަނގަޅު، އިތުބާރު ލިބިފައިވާ، ލެބޯޓްރީތަކުގައި އެތައް ދިރާސާތަކެއް ހެދި އަދި އެތަކެއް ހޯދުންތަކެއް، ހޯދައި، މިކަމުގެ ޔަގީންކަން ސާބިތުކޮށްދިނުމަށް ތަފާތު އެތައް ފޮތްތަކާއި ލިޔުންތަކެއް ވަނީ ލިޔެފައެވެ. އަހަރެމެންގެ ގައިން އުފެދުމުގައި، ގުދުރަތީގޮތުން، އަދި ފިތުރީގޮތުން ލައްވާފައިވާ ވަސް އަހަރެމެންގެ ކެއުމުގައި ހިމެނޭ ތަކެތީގެ ސަބަބުން ބަދަލުވެގެންދެއެވެ. އަހަރެމެންގެ ގައިން މީރުވަސް ދުވާނެ ގޮތް ކާނާގެ ޒަރީއާއިން ހެދިދާނެއެވެ.

ބައެއް ކަހަލަ ކާނާއަކީ އެތަކެތި ކެއުމުން ހަށިގަނޑުގައި އެކި ކަހަލަ ވަސް ހުރުމަށް އެހީތެރިވާ ކެއުންތަކެވެ. ކެއުން ހުންނަން ޖެހެނީ ވަކި ގޮތަކަށެވެ. އެމީހެއްގެ ހަށިގަނޑާއި ސިއްހަތާއި ގުޅުވައިގެން ކެއުން ބަހައްޓައި، ހަށިގަނޑަށް މީރުވަސް ގެނެސްދޭނެ ގޮތަށް ވެސް ކެއުން ބެހެއްޓޭނެ އެވެ. އެއްކުރާން ޖެހޭނީ ކަމުގެ މައުލޫމާތެވެ. ތިރީގައި އެވާ ބާވަތްތަކުގެ އެހީގައި ހަށިގަނޑުގެ ވަސް ރަނގަޅު ކުރުމަށް އެހީތެރިކަން ހޯދިދާނެ އެވެ.

1 ނާރިނގު، ބޮޑުލުނބޯ، ނިޔަދުރު

ނާރިނގަކީ އެކިވައްތަރުގެ ނުބައި ވަސް ނައްތާލާ އެއްޗެއްގެ ގޮތުގައި މަސައްކަތް ކުރާ މޭވާއެކެވެ. ނާރިނގުގެ ވަހަކީ ހުތް ނަމަވެސް ލުއި ފޮނިކަމެއް ހުންނަ ވަހަކަށްވިޔަސް، ނުބައިވަސް ނައްތާލުމަށް މީގައި ހުންނަ ތޫނުހުތްވަސް މުހިންމު ރޯލެއް އަދާކުރެއެވެ. އޮރެންޖު، ބޮޑުލުނބޯ، ނިޔަނދުރު، ގްރޭޕްފުރުޓް، އަނަންތަރާ، ސްޓްރޯބެރީ ފަދަ މޭވާއިން ނާރިނގުން ހިފޭ ބޭނުން ކުރެވެއެވެ. މިމޭވާތަކާ ގަޔާނުވާނަމަ ބޯ ބުއިންތަކަށް ލައިމް ނުވަތަ ލުނބޯ ކޮޅެއް ފިއްތާލުމުން ވެސް އެހީތެރިވެދޭނެ އެވެ.

2. ޖޭސްމިންގެ ސައި

ޖޭސްމިންމަލުގައި ވަކިން ހާއްސަކޮށް ދަމާބާރެއް ކަހަލަވަހެއް ހުންނަކަމަށް އެންމެންވެސް ގަބޫލުކުރެއެވެ. ޖޭސްމިންމާސަޔަކީ ދިވެހިންގެ ތެރޭގައިވެސް ވަރަށް މަގުބޫލު ވަހަކާއި ރަހައެއް ހުންނަ ސަޔެކެވެ. ދިރާސާތަކުން ދައްކާގޮތުގައި ޖޭސްމިންމަލުގެ ސައިން، އެތެރެހަށީގައި ހުންނަ ވިހަމާއްދާތައް ފޮހެލުމަށް އެހީތެރިވެދީ، ގުދުރަތީ ވަސް އިތުރުކޮށްދެއެވެ. ޖޭސްމިންމަލުގެސައިން މިކަން ކުރާއިރު ހަޖަމުކުރާ ނިޒާމު ހަމައަކަށް އަޅުވައެވެ.

3- އާފަލު

އާފަލުން ވަސް ނައްތާލަނީ އެތައް ގޮތަކުންނެވެ. މިއީ ގުދުރަތީ ޑިޓާޖެންޓެއްގެ ގޮތުގައި މަސައްކަތް ކުރާ މޭވާއެކެވެ. އާފަލެއް ކާލުމުން ވެސް ދަތްތަކުން ދަމިލަ ދުރަށް ޖައްސައި، އަނގައިގައި ފޮރުވިފައި ހުންނަ ބެކްޓީރިއާ އާއި ފަންކީ ވަހެއް އުފެދިދާނެ ކާނާގެ ތާށިވެފައި ހުންނަ އެތިކޮޅުތައް ނައްޓައި ސާފުކޮށްލައެވެ.

4. ޔޯގަޓް

ގޮހޮރުން ފެށިގެން ހަންގަނޑާ ހަމައަށް ޔޯގަޓްގެ ސަބަބުން ގިނަ ފައިދާތަކެއް ލިބެއެވެ. އޭގެ ގުދުރަތީ ގޮތުން އުފެދޭ ޕްރޮބަޔޮޓިކްސް އިން ވެސް ހަށިގަނޑުގެ ވަހާ ދެކޮޅަށް ހަނގުރާމަކޮށް ނިއުޓްރަލައިޒް ކުރުމަށް އެހީތެރި ވެދެއެވެ. ހަމައެކަނި ޝަރުތަކީ މާގިނައިން ހަކުރު ނޭޅުމެވެ.

5. އެޕަލް ސައިޑަރ ވިނެގަރ

ފައިގައި ނުބައިވަސް ދުވާނަމަ އެޕަލް ސައިޑަރ ވިނެގާއަކީ ތިބާގެ އެންމެ ރަނގަޅު އެހީތެރިޔާއެވެ. އެންޓިބެކްޓީރިއަލް ސްޕޮންޖެއްގެ ގޮތުގައި މަސައްކަތް ކުރާއިރު، ބުއިމެއްގެ ގޮތުގައިވެސް އެޕަލް ސައިޑަރ ވިނެގާ ހިމެނިދާނެއެވެ. މިއީ ރާހުތެއްކަމަށްވިޔަސް މީގައި ހުންނަ ވަހަކީ ހަށިގަނޑުގައި އުފެދޭ ހުތްވަހާ ދެކޮޅަށް މަސައްކަތް ކުރާ އެއްޗެކެވެ.

6. ފެން

މިއީ ޓެކްނިކަލީ ކާނާއެއް ނޫން ނަމަވެސް ޑީހައިޑްރޭޝަނަކީ މީހުންގެ ކިބައިގައި ނުބައި ވަސް ދުވާ އާންމު ސަބަބެކެވެ. ފެނަކީ އަހަރެމެންގެ ހަށިގަނޑު ސާފުކޮށްލައި ވަސްދުވާ ކަންތައްތައް ނައްތާލުމަށް އެހީތެރިވެދޭ އެއްޗެކެވެ. ފެން ގިނައިން ބުއިމާއެކު، ފެން ގިނައިން ހުންނަ މޭވާ އާއި ތަރުކާރީވެސް ކާށެވެ.

7. ތާޒާ ފަތްޕިލާވެލި

ބެސިލް، މިންޓް، ރޮޒްމެރީ އަދި އެހެނިހެން ފަތްޕިލާވެލީގެ ބާވަތްތައް އެތަކެތީގެ މީރުވަސް ދުވާ، އަސްލުގެ ސަބަބުން އެސެންޝިއަލްއޮއިލްގެ ގޮތުގައި ބޭނުންކުރެވެއެވެ. ފަތްޕިލާވެލީގައި ހުންނަ ޒަރޫރީ ތެލުގެ ސަބަބުން، އަނގަ ދޮންނަ އެއްޗެއްގެ ގޮތުގައި މަސައްކަތްކުރެއެވެ.

8. އިނގުރު

އިނގުރަކީ ކަނޑައެޅިގެން ވަރުގަދަ ވަހެއް ހުންނަ އެއްޗެކެވެ. ލުނބޯ އަދި އިނގުރު ސައިގައި ވަކިން ހާއްސަކޮށް ޑިޓޮކްސިފައިން ޕްރޮޕަޓީސް ތަކެއް ހުންނާނެއެވެ. މިއީ ނުބައި ވަސްތަކާ ދެކޮޅަށް ހަނގުރާމަ ކުރާ އެއްޗެކެވެ. ގޭސް އުފެދުމުގެ އަދި ބަނޑުގެ މައްސަލަތަކުން ގައިގެ ވަސްނުބައިކުރާނަމަ އިނގުރު ކެއުމަކީ ބަނޑުގެ މައްސަލަތައް ރަނގަޅު ކުރުމަށް އެހީތެރިވެދޭނެ ކަމެކެވެ.

9. ކާށިތެޔޮ

ހަޖަމު ނުވުމަކީ ހަށިގަނޑުގައި ވަސް ނުބައިކުރާ ވަރަށް ބޮޑު ސަބަބަކަށް ވެދާނެ އެވެ. ރަނގަޅަށް ހަޖަމު ކުރުމަށް މަގުފަހިކޮށްދޭ ގިނަ ކާނާތައް އަޅުގަނޑުމެން ހިމަނާފައިވީނަމަވެސް، ވަސް ވެސް ނިއުޓްރަލައިޒް ކުރެވޭ ކެއްކުމަށް ބޭނުންކުރާ ތެލެއް އެނގުމަކީ އެހީތެރިވެދޭނެ ކަމެކެވެ. ކާށިތެލަކީ ހައިރާންވާވަރުގެ ވަރސައިޓަލް އެއްޗެއް ކަމަށާއި، ކެއުމުގައި އެންމެ މޭޒުމަތީ ސަމުސާއަކުންވެސް ބޮޑު އެހީތެރިކަމެއް ވެދޭނެއެވެ.