ސެކްޝުއަލް އެންހޭންސްމެންޓް އަދި އިރެކްޓިކަލް ޑިސްފަންކްޝަނަށް (ޖިންސީ އެދުންވެރިކަން އިތުރު ކުރުމަށް) ބޭނުން ކުރާ ޑޮކްޓަރީ ބޭހެއް ކަމަށްވާ Tadalafil އަދި Sildenafil ހިމެނޭ މާމުއި ރާއްޖެ އެތެރެކޮށް ވިއްކުމަކީ މަނާކަމެެއް ކަމަށް މޯލްޑިވްސް ފުޑް އެންޑް ޑުރަގް އޮތޯރިޓީ (އެމްއެފްޑީއޭ)އިން ބުނެފިއެވެ.
އެމްއެފްޑީއޭ އިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މި އުފެއްދުންތަކަކީ ފުރޯޑުކޮށްގެން އުފައްދާފައިވާ އުފެއްދުންތަކެއް ކަމުގައި ޔުނައިޓެޑް ސްޓޭޓްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (ޔޫއެސް އެފްޑީއޭ) ބުނެފައިވާ ކަމަށެވެ.
އެހެންކަމުން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން މި އުފެއްދުންތައް ބޭނުންކުރުމާއި ވިއްކުމަކީ މަނާކަމެއް ކަމަށް އެ އޮތޯރިޓީން ބުންޏެވެ.
މިކަމާ ގުޅޭގޮތުން އިތުރު މައުލޫމާތު ހޯދަން ބޭނުންވާނަމަ އެ އޮތޯރިޓީގެ ހޮޓްލައިން ނަންބަރު 7200321 ފޯނަށް ގުޅުމަށް އެދިފައިވެއެވެ.
އެމްއެފްޑީއޭއިން މި މާމުއި ވިއްކުން މަނާކޮށްފައިވާއިރު ސޯޝަލް މީޑިއާގެ އެކި ޕްލެޓުފޯމުތަކުގައި މިތަކެތި ވިއްކުމަށް އެކި ފަރާތްތަކުން ދަނީ އިޝްތިހާރުކުރަމުންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު