ގާނޫނީ ވަކީލު ނާޒިމް ސައްތާރު، އެއްޖިންސުން ގުޅުން ހިންގިކަމަށް ތުހުމަތުވާ މައްސަލައިގައި އޭނާގެ ވަކީލުކަމުގެ ހުއްދަ ބާތިލުކުރަން އެދި ބާ ކައުންސިލަށް ހުށަހަޅާފައިވާ ސުލޫކީ މައްސަލަ ބެލެން ނެތް ކަމަށް އެ ކައުންސިލުން ނިންމައިފިއެވެ.
ނާޒިމްގެ ސުލޫކީ މައްސަލައެއް ބާ ކައުންސިލަށް ހުށަހެޅުއްވީ ގާނޫނީ ވަކީލު އަހުމަދު ތާލިބެވެ. އެއީ މިދިޔަ ޖުލައި މަހުގެ ހަވަނަ ދުވަހުއެވެ.
ބާ ކައުންސިލްގެ ރައީސް އިސްމާއީލް ވިޝާމް "ވަން" އަށް މިއަދު ވިދާޅުވީ، ނާޒިމްގެ މައްސަލަ ބެލެން ނެތީ ގާނޫނީ ފަންނުގެ ގާނޫނުގެ 54 ވަނަ މާއްދާގައި ގާނޫނީ ވަކީލަކު އެ މަސައްކަތުގެ ބޭރުންކުރާ އަމަލުތަކާ ގުޅިގެން ސުލޫކީ ފިޔަވަޅު ނޭޅޭނެ ކަމަށް އޮތުމުންނެވެ. އެހެންކަމުން މައްސަލަ ބެލެން ނެތް ކަމަށް ކައުންސިލްގެ އެކްސްކޯއިން ނިންމާފައިވާ ކަމަށް ވިދާޅުވިއެވެ.
ވިޝާމް ވިދާޅުވީ، ގާނޫނީ ފަންނުގެ ގާނޫނުގެ 54 ވަނަ މާއްދާއަށް އިސްލާހުތަކެއް ގެންނަންޖެހޭ ކަމަށާއި އެ އިސްހާލުތައް ގެންނަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވުމުގެ މަސައްކަތް ބާ ކައުންސިލުން ކުރާނެ ކަމަށެވެ.
އެއްޖިންސުން ގުޅުން ހިންގުމުގެ ދައުވާ ނާޒިމްގެ މައްޗަށް އުފުލާފައިވަނީ، ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ އެމްޑީ އަލަމްގިރްއާއެކު އެއްޖިންސުން ގުޅުން ހިންގަނިކޮށް އާއްމުވެފައިވާ ވީޑިއޯއެއްގެ މައްސަލާގައެވެ.
ޚަބަރު
ޚަބަރު
ޚަބަރު