މި އަހަރު ރާއްޖޭގައި ކުރިއަށް ގެންދާ ބޯހިމެނުމުގެ ޑިޖިޓަލް ޕާޓްނަރެއްގެ ގޮތުގައި ދިރާގު ހަމަޖައްސައިފިއެވެ.
ދިރާގުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެއްބަސްވުމުގައި ދިރާގުގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަ ބްރޭންޑް އެންޑް މާކެޓިން ކޮމިއުނިކޭޝަންސް މުހައްމަދު މިރްޝާން ހަސަންއެވެ. އަދި އެމްބީއެސްގެ ފަރާތުން ސޮއިކުރެއްވީ ޗީފް ސްޓެޓިސްޓިޝަން އައިޝަތު ހަސަންއެވެ.
ދިރާގުން މިއަދު ބުނީ އެއްބަސްވުމުގެ ދަށުން މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް (އެމްބީއެސް) މި އަހަރުގެ ބޯހިމެނުމުގެ ހަރަކާތްތަކުގެ ޑިޖިޓަލް ކަނެކްޓިވިޓީ އާއި ބޯހިމެނުމުގެ ތަމްރީނު ދިނުމާއި މައުލޫމާތު އެއްކުރާއިރު ބޭނުންވާ ކަނެކްޓިވިޓީ ވެސް ދިރާގުން ފޯރުކޮށްދޭނެ ކަމަށެވެ.
އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ދިރާގުގެ ޑިރެކްޓާ ބްރޭންޑް އެންޑް މާކެޓިން ކޮމިއުނިކޭޝަން މުހައްމަދު މިރުޝާން ހަސަން ވިދާޅުވީ، މިއަހަރުގެ ބޯހިމެނުގެ ޑިޖިޓަލް ޕާޓްނަރެއްގެ ގޮތުގައި މަސައްކަތް ކުރުމުގެ ފުރުސަތު ލިބުމަކީ ދިރާގަށް ލިބުނު ބޮޑު އުފަލެއް ކަމަށެވެ.
"ކުރިއަށް އޮތް އަހަރުތަކުގައި ރާއްޖޭގެ ތަރައްގީގެ ކުރިމަގު ބައްޓަން ކުރާނެ މި މުހިންމު ގައުމީ ހަރަކާތް ކުރިއަށް ގެންދިޔުމަށް މަގުފަހިކޮށްދިނުމުގައި އެމްބީއެސް އާއި 2022 ވަނަ އަހަރުގެ ބޯހިމެނުގެ ޓީމަށް އެހީތެރިކަން ފޯރުކޮށްދިނުމަކީ އަޅުގަނޑުމެން ފަހުރުވެރިވާކަމެއް،" އޭނާ ވިދާޅުވިއެވެ.
މިއަހަރުގެ ބޯހިމެނުމުގެ މަސައްކަތް ކުރިއަށް ދާނީ މި މަހުގެ 13 އިން 25 ގެ ނިޔަލަށެވެ. އެ މުއްދަތުގައި ރާއްޖޭގެ އާބާދީގެ ހުރިހާ ރައްޔިތުންނާއި މީހުން ދިރިއުޅޭ ގޭބީސީތަކާއި އިގުތިސޯދީ ހަރަކާތްތައް ހިންގާ މަރުކަޒުތަކުގެ ބޯހިމެނުން ކުރިއަށް ދާނެއެވެ.
ގައުމީ، އަތޮޅު އަދި ރަށު ފެންވަރުގައި މުހިންމު މައުލޫމާތުތަކާއި އާންމު ގިނަ ހިދުމަތްތައް ހަރުދަނާ ގޮތެއްގައި ފޯރުކޮށްދޭން މަގުފަހިކޮށްދޭ މި ހަރަކާތުގައި ރާއްޖެއިން 4000 އަށްވުރެ ގިނަ އެނިއުމަރޭޓަރުންނާއި 100 އަށް ވުރެ ގިނަ ޓްރެއިނަރުން ހޮވައި މިހާރު ވަނީ ތަމްރީނުކޮށްފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު