މާލޭގެ އެޕާޓްމަންޓްތަކުގެ ކުލި ކޮންޓްރީލް ކުރުމަކީ ވިޔަފާރީގެ އުސޫލާ ހިލާފު ކަމެއް ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.
މާލެއަކީ ރާއްޖޭގެ އާބާދީގެ ބޮޑު ބައެއް ދިރިއުޅޭ މައި ސިޓީއެވެ. ނަމަވެސް މާލޭގައި ދިރިއުޅުމުގެ ހަރަދުތައް އުފުލިފައިވުމަކީ އާއްމުންގެ ތެރެއިން ގިނަ ބައެއްގެ ކަންބޮޑުވުމެކެވެ. ހާއްސަކޮށް ގޭގެ ކުލީގެ އަގު ބޮޑުވެ، ކުއްޔަށް ބޮޑު ހޭދައެއް ކުރަން ޖެހުމަކީ ގިނަ ބައެއްގެ ކަންބޮޑުވުމެކެވެ.
"ސޯސަލް" އަށް ދެއްވި އިންޓަވިއުއެއްގައި މިނިސްޓަރު އަމީރު ވިދާޅުވީ، ކުލީގެ މައްސަލައަށް ހައްލު ހޯދުމަށް ސަރުކާރުގެ ސިޔާސަތަކީ ސޯޝަލް ހައުސިންގެ ތެރެއިން އެކަމަށް ހައްލެއް ހޯދުން ކަމަށެވެ.
"އެކަމަކު ޕްރައިވެޓް ސެކްޓާގައި ޕްރައިވެޓް ޕާޓީސްތައް އަމިއްލައަށް ލޯނު ނަގައިގެން ހަދާ ގެތަކުން ރެންޓް ކޮންޓްރޯލްކުރުމަކީ އެއީ މާކެޓް މެކޭނިޒަމްއާ ވަރަށް ހިލާފުކަމެއް ކަމުގައި އަޅުގަނޑު ދެކެނީ،" މިނިސްޓަރު ވިދާޅުވިއެވެ،
މިނިސްޓަރު އަމީރު ވިދާޅުވީ، ސޯޝަލް ހައުސިން ޔުނިޓުތައް މިހާރުވެސް ދެމުން އަންނަނީ ބޮޑު ސަބްސިޑީއަކާ އެކުގައި ކަމަށެވެ.
މާލޭގެ ކުލީގެ މައްސަލައަށް ހައްލެއް ހޯދުމަށް މާލޭ ޓެނަންޓްސް ޔޫނިއަންގެ ފަރާތުން 800 އަށް ވުރެ ގިނަ މީހުންގެ ސޮޔާއެކު ރައްޔިތުންގެ މަޖިލީހަށް ޕެޓިޝަނެއްވެސް ފޮނުވިއެވެ. ނަމަވެސް އޭރު މަޖިލީހުން ނިންމާފައިވަނީ ކުލީގެ މައްސަލައިގައި މަޖިލީހަށް ކުރެވޭނެ ކަމެއް ނެތް ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު