ޕެންޝަން އޮފީހުގެ ޗީފް އެގްޒެކެޓިވް އޮފިސަރު (ސީއީއޯ) ކަމުގެ މަގާމުން ވަކިކުރި މައްސަލާގައި ޖޯން ގްރިންޑާލްއަށް ދެ ލައްކަ ރުފިޔާ ދޭން ޖެހިއްޖެއެވެ.
ޕެންޝަން އޮފީހުގެ ސީސީއޯގެ މަގާމަށް ޖޯން އައްޔަންކުރީ 25 ޑިސެމްބަރު 2020ގައެވެ. އޭނާއާއެކު ވެފައިވާ ވަޒީފާގެ އެއްބަސްވުން ބާތިލުކޮށް، މަގާމުން ވަކިކުރީ 12 އޮކްޓޯބަރު 2021 ގައެވެ.
އޭނާ މަގާމުން ވަކިކޮށްފައި ވަނީ ސުލޫކީ މިންގަނޑާ ހިލާފުވި ކަމަށް ބުނެ، ޕެންޝަނާބެހޭ ގާނޫނުގެ ދަށުން ޕެންޝަން އޮފީހުގެ ބޯޑަށް ލިބިދޭ ބާރުގެ ދަށުންނެވެ.
އެ މައްސަލަ ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހެޅުމުން އެ ތަނުން ނިންމި ނިންމުމުގައި ބުނެފައި ވަނީ، ސީއީއޯގެ މަގާމުން ޖޯން ވަކިކޮށްފައި ވަނީ މައުލޫއީ އަދުލުވެރިކަން ގާއިމުކުރުމަށް ކަމަށް ވުމުން އޭނާ އެ ވަޒީފާއަށް އަނބުރާ ރުޖޫއަ ކޮށްދޭންޖެހޭ ހާލަތެއް ނެތް ކަމަށެވެ.
ނަމަވެސް އޭނާ މަގާމުން ވަކިކުރުމުގައި ގާއިމުކުރަންޖެހޭ ބައެއް އިޖުރާއަތްތައް ފުރިހަމަ ކޮށްފައިނުވާތީ، އޭނާގެ އެއް މަހުގެ މުސާރައިގެ ގޮތުގައި ލިބެމުންދިޔަ 14،000 އެމެރިކާ ޑޮލަރުގެ ގޮތުގައި ބަދަލެއްގެ ގޮތުން 215،880 ރުފިޔާ އޭނާއަށް ދެއްކުމަށް ޕެންޝަން އޮފީހުގެ މައްޗަށް ވަނީ އަމުރުކޮށްފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު