ޚަބަރު

ތިނަދޫން ގެއްލިގެން ހޯދަމުން ދިޔަ މީހާ ހޭނެތިފައި އޮއްވައި ފެނިއްޖެ

މުހައްމަދު އިޝާން

ގދ. ތިނަދޫން ގެއްލިގެން ހޯދަމުން ދިޔަ އަންހެން މީހާ ހޭނެތިފައި އޮއްވައި ފެނިއްޖެއެވެ.

ގެއްލިގެން ހޯދަމުންދިޔައީ އެރަށު ކަސްޓަޑްގެއާގެ ހައްވާފާނު (80އ) އެވެ.

ހައްވާފާނު އެންމެ ފަހުން ފެނިފައި ވަނީ މިއަދު ހަވީރު 3:45 އެހާކަންހާއިރު ތިނަދޫ މަފުށި ސަރަހައްދުންނެވެ.

ތިނަދޫ ކައުންސިލްގެ ރައީސް ސައުދު އަލީ "ވަން" އަށް މިރޭ ވިދާޅުވީ، ގެއްލިގެން ހޯދަމުން ދިޔަ އަންހެން މީހާ ފެނިފައިވާ ކަމަށެވެ. ހައްވާފާނު ފެނިފައިވަނީ މިރޭ 8:45 ހާއިރު، ތިނަދޫ މިއުޒިއަމް ޕާކު ކައިރީގައި ހުރި ފަޅު ގޯއްޗެއްގެ ތެރެއިން ކަމަށާއި ފެނުނުއިރު އޭނާ އޮތީ ހޭނެތިގެން ވެއްޓިފައި ކަމަށް ސައުދު ވިދާޅުވިއެވެ.

ހައްވާފާނު މިހާރު ވަނީ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލަށް ގެންގޮސްފައެވެ. އެކަމާ ގުޅޭ އިތުރު ތަފްސީލެއް ސައުދު ނުދެއްވައެވެ.