ޖުމުހޫރީ ޕާޓީގެ ލީޑަރު، ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހީމްގެ ބައެއް ކަހަލަ ޓެސްޓުތައް ހެދުމަށް ދަރުމަވަންތަ ހޮސްޕިޓަލުގައި އެނދުމަތިކޮށްފި އެވެ.
"ވަން" އަށް އެނގިފައިވާ ގޮތުގައި، ގާސިމް އެޑްމިޓްކޮށްފައި ވަނީ ހިތުގެ ބައެއް ކަހަލަ ޓެސްޓުތައް ހެދުމަށްޓަކަ އެވެ. އެ ޓެސްޓު ތަކަކީ އެޑްމިޓްކޮށްގެން ނޫނީ ނުހެދޭ ޓެސްޓުތަކެއް ކަމަށް ވެސް އެނގިފައިވެއެވެ.
ގާސިމް ދަރުމަވަންތައިގައި އެޑްމިޓް ކުރީ އިއްޔެގެ ވަގުތެއްގަ އެވެ. އަދި ހާލު ރަނގަޅު ކަމަށް ވެސް އެނގިފައިވެ އެވެ.
މިހާރު ޓެސްޓުތައް ހަދައި ނިމިފައިވާ ކަމަށާއި މިއަދުގެ ވަގުތެއްގައި ދޫކޮށްލާނެ ކަމަށް ވެސް އެނގިފައިވެ އެވެ.
ކުރިޔަށް ރިޔާސީ އިންތިހާބަށް ތައްޔާރު ވުމުގެ ގޮތުގެ ގޮތުން ޖުމުހޫރީ ޕާޓީގެ ހަރަކާތްތައް މި ފަހަކަށް އައިސް ވަނީ ވަރުގަދަ ކޮށްފަ އެވެ. ރިޔާސީ ރޭހަށް ޖުމުހޫރީ ޕާޓީން ކެންޑިޑޭޓެއް ނެރޭނެ ކަމަށް ވެސް ގާސިމް ވަނީ ވިދާޅުވެފަ އެވެ.
ޖުމުހޫރީ ޕާޓީއަކީ މިވަގުތު ވެރިކަމުގައި އޮތް ރައީސް ސޯލިހުގެ ސަރުކާރުގެ ކޯލިޝަނުގައި ހިމެނޭ އެމްޑީޕީ ފިޔަވައި ދެން އެންމެ ބޮޑު ޕާޓްނަރެވެ.
ޚަބަރު
ޚަބަރު
ޚަބަރު