ށ. އަތޮޅުގައި ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރުޓީއެލް) ފެރީގެ ހިދުމަތް ފެށުމަށް އެ އަތޮޅަށް ފެރީތައް ފޮނުވައިފިއެވެ.
މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނީ، ށ. އަތޮޅަށް އާރުޓީއެލް ފެރީތައް ފޮނުވާފައިވަނީ މިއަދު ކަމަށެވެ.
އެމްޓީސީސީން ބުނީ ށ. އަތޮޅުގައި ރަސްމީކޮށް ފެރީގެ ދަތުރުތައް ފަށާނީ އަންނަ އަަންގާރަ ދުވަހު ކަމަށާއި އެ އަތޮޅުގައި ފެރީ ދަތުރުތައް ކުރަން ނިންމާފައިވަނީ ހަތް ރޫޓަކުން ކަމަށެވެ. އާރުޓީއެލް ދަތުރުތައް ފެށުމަށްފަހު ހަފުތާއެއް ވަންދެން ހިލޭ ޓްރަޔަލް ދަތުރުތައް ކުރާނެއެވެ.
އެމްޓީސީސީން އާރުޓީއެލްގެ ފެރީގެ ހިދުމަތް މިހާރު ދެމުންގެންދަނީ ދެ އަތޮޅެއްގައެވެ. އެއީ ހއ. އާއި ހދ. އެވެ.
އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ އާރުޓީއެލް މަޝްރޫއަކީ މުޅި ރާއްޖެ ދަތުރުފަތުރުގެ ނިޒާމަކުން ގުޅުވައިލުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވެވަޑައިގެންނެވި ވައުދުފުޅެކެވެ.
އާރުޓީއެލް މަޝްރޫއުގެ ދަށުން އެމްޓީސީސީން އަތޮޅު ތެރޭގައި ބަހުގެ ހިދުމަތް ދިނުމަށް ވެސް ވަނީ ނިންމައިފައެެވެ. އެމްޓީސީސީން މިހާރު ވަނީ ބައެއް ރަށްތަކަށް ބަސް ފޮނުވައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު