މ. މުލިން އަލީ ޔާމީން--- ވަން އޮންލައިން
މ. މުލީގައި ހުންނަ މި އަތޮޅުގެ ރީޖަނަލް ހޮސްޕިޓަލަށް އިތުރު ޑޮކްޓަރުންނާއި ވަސީލަތް ފޯރުކޮށްދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެެއްޖެއެވެ.
މިރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސް މިއަދު ވިދާޅުވީ، ސަރުކާރުން ސިއްހީ ދާއިރާ ތަރައްގީކުރުމަށް ގެންގުޅުއްވާ ސިޔާސަތުގެ ތެރެއިން މުލީ ރީޖަނަލް ހޮސްޕިޓަލް ތަރައްގީކުރައްވާނެ ކަމަށެވެ. އެގޮތުން ހޮސްޕިޓަލަށް އިތުރު ޑޮކްޓަރުންނާއި ވަސީލަތްތަކާއި ހިދުމަތުގެ ފެންވަރު މަތިކުރުމަށް އާ އިމާރާތެއްގެ މަސައްކަތްވެސް ކޮށްދެއްވާނެ ކަމަށް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، މުލީ ރީޖަނަލް ހޮސްޕިޓަލް ތަރައްގީކުރުން ލަސްވީ، ކޮވިޑާ ގުޅިގެން ކަމަށެވެ.
މުލީ ހޮސްޕިޓަލާ ގުޅޭގޮތުން ވާހަކަދައްކަވަމުން ހެލްތު މިނިސްޓަރު އަހުމަދު ނަސީމް ވިދާޅުވީ، އަންނަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި މުލީ ރީޖަނަލް ހޮސްޕިޓަލަށް ގެންނަން ބޭނުންވާ ބަދަލުތައް ގެނެސް ނިންމާނެ ކަމަށެވެ.
ތިރީސް އަހަރުވެފައިވާ މުލީ ހޮސްޕިޓަލުގައި މިހާރު ހިދުމަތް ދެމުން އަންނަނީ، އަންހެނުންގެ ބަލިތަކުގެ ހާއްސަ ޑޮކްޓަރަކާއި ކުޑަކުދިންގެ ބަލިތަކުގެ ޑޮކްޓަރަކާއި ހޭނައްތާ ޑޮކްޓަރަކާއި ދަތުގެ ބަލިތަކުގެ ޑޮކްޓަރަކާއި ސްކޭން ޑޮކްޓަރެކެވެ. މި ހޮސްޕިޓަލުން އެތެރެހަށީގެ ހިދުމަތްތަކާއި އޮޕަރޭޝަންގެ ހިދުމަތްތައްވެސް ލިބެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު