މ. މުލިން އަލީ ޔާމީން - ވަން އޮންލައިން

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މ. އަތޮޅުގެ ފަސް ރަށަކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ މިރަށަށް ވަޑައިގަތުމުން މި ރަށުން އެމަނިކުފާނަށް ރަތް ދޫލައިގެ ހޫނު މަރުހަބާއެއް ދަންނަވައިފިއެވެ.

ރައީސް މިރަށަށް ވަޑައިގެންނެވިއިރު ތުނިކޮށް ވާރޭވެހެއެވެ. ނަމަވެސް ރައީސްގެ އިސްތިގުބާލުގައި ގިނަ އަދަދެއްގެ ރައްޔިތުން މިރަށު ބަނދަރު ސަރަހައްދަށް ޖަމާވެފައި އޮތް އިރު، ރައީސަށް މަރުހަބާ ދެންނެވުމަށް ފިރިހެނުންގެ ލަނގިރިޖެހުމުގެ ހަރަކާތެއްވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ.

ރައީސް ސޯލިހު މިރަށަށް ކުރައްވާ މި ދަތުރުފުޅުގައި މިރަށުގެ ކައުންސިލާއި މުލަކު އަތޮޅު ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީއާ ބައްދަލުކުރައްވައި ސަރުކާރުގެ މުއައްސަސާތަކަށް ޒިޔާރަތްކުރައްވާނެއެވެ. އަދި މިރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވާނެއެވެ.

މީގެ އިތުރުން މުލީ އެއާޕޯޓުގެ މަސައްކަތް ކުރިއަށްދާގޮތް އެމަނިކުފާނު ބައްލަވައިލައްވާނެއެވެ.

  • ފުޓުސެލް ދަނޑު- ނިމިފައި
  • ސްކޭޓް ޕާކު- ނިމިފައި
  • އެއާޕޯޓު- ހިނގަމުންދަނީ
  • ފެނުގެ ނިޒާމު- ހިނގަމުންދަނީ
  • ޝާފް ޝެކް- ހިނގަމުންދަނީ
  • އަތޮޅު ޕޮލިސް ސްޓޭޝަން ގާއިމުކުރުން: ކޮންޓްރެކްޓް ކުރެވިފައި