މ. ވޭވަށުން އަލީ ޔާމީން -- ވަން އޮންލައިން
އަންނަ އަހަރުގެ މެދުތެރޭގައި މުލީ އެއާޕޯޓް ތަރައްގީކޮށް ނިންމާނެ އެ މަޝްރޫއު ކުރިއަށްގެންދާ އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.
ވޭވަށު ބަނދަރުހުޅުވުމަށް މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތުގައި އާޒިމް ވިދާޅުވީ، އަންނަ އަހަރުގެ މެދުތެރޭގައި މ. އަތޮޅުގެ ރައްޔިތުން އިންތިޒާރުކުރާ މުލީ އެއާޕޯޓް ތަރައްގީކޮށް ނިންމާ ހިދުމަތް ދެވޭވަރުކުރާނެ ކަމަށެވެ.
"އިރާދަކުރެއްވިއްޔާ އަންނަ އަހަރުގެ މެދުތެރޭގައި މި އަތޮޅުގެ ރައްޔިތުންނަށް އެ އެއާޕޯޓްގެ ފަސޭހަކަން ލިބޭނެ" އާޒިމް ވިދާޅުވިއެވެ.
މުލީގައި އެއާޕޯޓެއް ހަދަން ޕްލޭނިން މިނިސްޓްރީން އެމްޓީސީސީއާ ހަވާލުކުރީ 28 ފެބްރުއަރީ 2021 ގައެވެ. މިއީ މި އަތޮޅުގައި ތަރައްގީކުރާ ފުރަތަމަ އެއާޕޯޓެވެ.
މުލީ އެއާޕޯޓު ހަދަނީ އެރަށުގެ އިރުދެކުނު ފަރާތުން 2018 ވަނަ އަހަރު ހިއްކާފައިވާ 40 ހެކްޓަރުގެ ބިމާއި އެއާ އިންވެގެން ބިމެއް ހިއްކައިގެންނެވެ.
މުލީ އެއާޕޯޓް މަޝްރޫއުގެ ދަށުން 14 ހެކްޓަރުގެ ބިންހިއްކުމާއި 1812 މީޓަރުގެ ސަރަހައްދެއްގައި ގޮނޑުދޮށް ހިމާޔަތް ކުރުމާއި 1200 މީޓަރު ދިގު 30 މީޓަރު ފުޅާ ރަންވޭއެއް ގާއިމުކުރުމާއި ޓެކްސީވޭއަކާއި އޭޕްރަންއެއް ގާއިމުކުރުމުގެ މަސައްކަތް ކުރާނެއެވެ. މި މަޝްރޫއަކީ 221 މިލިއަނަށްވުރެ ގިނަ ރުފިޔާގެ މަޝްރޫއެކެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު