ރާއްޖެއިން ބޭރުގެ މަތީ ތައުލީމުދޭ މަރުކަޒުތަކުގެ ޑޮކްޓޯރަލް ޑިގްރީ ގަބޫލުކުރާނެ ގޮތުގެ އުސޫލު ކަނޑައަޅައި ގެޒެޓުކޮށްފިއެވެ.
މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިޔުއޭ) އިން މިއަދު ޝާއިއުކުރި އެ އުސޫލަކީ "ދިވެހިރާއްޖޭގެ މަތީ ތައުލީމާއި ތަމްރީނުގެ ގާނޫނު"ގެ ދަށުން ހަދާފައިވާ އުސޫލެކެވެ.
އެ އުސޫލުގައިވާ ގޮތުން "ޑޮކްޓޯރަލް ޑީގްރީ" ކަމަށް މާނަކުރާނީ ޔުނިވާސިޓީ ތައުލީމުގައި މާސްޓާސް ޑިގްރީއާ ޖެހިގެން މައްޗަށް އޮންނަ ޑިގްރީއަށެވެ. މީގެ ތެރޭގައި ޑޮކްޓާ އޮފް ފިލޯސަފީ (ޕީއެޗްޑީ) އާއި، ޕްރޮފެޝަނަލް ޑޮކްޓަރޭޓް ހިމެނެއެވެ.
- އީ-ލާނިން އިން ނުވަތަ މަރުކަޒަށް ހާޒިރު ނުވެ ކިޔަވާ ނަމަ ގަބޫލުކުރެވޭނީ، އެއީ ޕާޓްޓައިމް އިންތިޒާމެއްގެ ދަށުން ހިންގޭ ޕްރޮގްރާމެއް ކަމަށް
- ފުލްޓައިމް މުއްދަތުކަމަށް ގަބޫލުކުރެވޭނީ، އެމްއެންކިޔުއެފް ގައިވާ ގޮތަށް މަދުވެގެން ތިން އަހަރުދުވަހުގެ މުއްދަތެއް
- ޕާޓްޓައިމް މުއްދަތުކަމަށް ބެލެވޭނީ، ފުލްޓައިމް މުއްދަތަށް ވުރެ ދިގު މުއްދަތެއް. އެއީ، ފުލްޓައިމް މުއްދަތުގެ ދެ ގުނަ ނުވަތަ މަދުވެގެން ފަސް އަހަރުގެ މުއްދަތެއް
- ސަނަދު ގަބޫލުކުރުމުގައި މިހާރު ވެސް ބަލަމުން އަންނަ ކަންކަން
ރާއްޖެއިން ބޭރުގެ ޔުނިވާސިޓީތަކާއި ކޮލެޖުތަކާއި އެފަދަ މަރުކަޒުތަކުން ހިންގަމުން އަންނަ ޑޮކްޓޯރަލް ޑިގްރީ ޕްރޮގްރާމުތައް ރާއްޖޭގައި ގަބޫލުކުރޭތޯ ބެލުމަށް އެ ޕްރޮގްރާމަށް ކިޔަވަން ފެށުމުގެ ކުރިން އެޕްލިކޭޝަން ފޯމް ފޯ ރިކޮގްނިޝަން އޮފް ދަ އިންޓެންޑެޑް ޕްރޮގްރާމް، ގަބޫލުކުރުމަށް އެދި ހުށަހަޅާފައިވާ ޑޮކްޓޯރަލް ޑިގްރީ ޕްރޮގްރާމް ކިޔެވުމަށް ފުރުސަތު ލިބިފައިވާކަން ސާބިތުކޮށްދިނުމަށް އެ ޕްރޮގްރާމް ހިންގާ މަރުކަޒުން ދޫކޮށްފައިވާ "ޕްލޭސްމެންޓް ލެޓާ" ނުވަތަ "އޮފާ ލެޓާ އެމްކިޔުއޭއަށް ހުށަހަޅަން ޖެހެއެވެ. އަދި މަރުކަޒަށް ހާޒިރުވެގެން ކިޔަވަންޖެހޭ ޑޮކްޓޯރަލް ޑިގްރީ ޕްރޮގްރާމެއް ނަމަ، ކިޔެވުމަށް ހާއްސަވެގެން އެ ގައުމަކަށް ގޮސް ކިޔެވުން ފުރިހަމަ ކުރާކަން ބަޔާންކޮށް އެމްކިޔުއޭއަށް ސިޓީއެއް ވެސް ހުށަހަޅަން ޖެހެއެވެ.
ރާއްޖެއިން ބޭރުގެ މަތީ ތައުލީމުދޭ މަރުކަޒުތަކުގެ ޑޮކްޓޯރަލް ޑިގްރީ ގަބޫލުކުރާނެ ގޮތުގެ އުސޫލަށް މިއަދުން ފެށިގެން ވަނީ އަމަލުކުރަން ފަށައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު