ރިންދާގެ ދެލޮލުން ފައިބަމުންދިޔަ ކަރުނަތައް ނުބަލަން އަޔާލް މޫނު އަނބުރާލިއެވެ. އެހިނދު ރިންދާ އަޔާލް އާ ގާތަށް ޖެހިލިއެވެ. ފަހަތުން އަޔާލްގެ ގައިގައި ބައްދާލިއެވެ.
"ހިނގާ މައްސަލަ ރިޕޯޓްކުރަން ދާން" ފަހަތަށް އެނބުރި ރިންދާގެ މޫނުގެ ދެފަރާތުގައި ހިފަހައްޓާލަމުން އަޔާލް ބުންޏެވެ.
"ނޫން. އަހަރެން ބިރުގަނޭ" ރިންދާ ބުންޏެވެ. އަޔާލް ރިންދާގެ އަތުގައި ހިފާލިއެވެ.
ގޮވައިގެން އައިސް އެނދުގައި އިށީނދެފައި ދެއަތުން ރިންދާގެ އިސްތަށިގަނޑު ރީތިކޮށްދިނެވެ. ދެލޮލުން ފައިބާފައި ހުރި ކަރުނަތައް ފޮހެދިނެވެ. ރިންދާގެ ނިތުގައި ބޮސްދީފައި ބައްދާލިއެވެ.
"އެކަހަލަ އިންސާނަކަށް މިނިވަންކަމާއެކު އުޅުމުގެ އެއްވެސް ހައްގެއްނެތް" އަޔާލް ބުންޏެވެ.
"އެއީ ރަންނިގެ މަރުގެ އެއްކޮޅުގަ ހުރި އިންސާނާކަން އަހަރެންނަށް ޔަގީން. އަހަރެން އޭނަ ފުލުހުންނާ ހަވާލުކުރަން ބޭނުންވަނީ އަހަރެންނަށް ބިރުދައްކައިގެން އަހަރެން ރޭޕްކުރަން އުޅުނުކަމުގެ ތުހުމަތުގައެއް ނޫން. އޭނަ ޖަލަށް ދާންޖެހޭނީ ރަންނިގެ މަރުގެ މައްސަލައިގައި. މިވަގުތު އަހަރެންނަށް އޭނަ އާ ދެކޮޅަށް ދެއްކޭނެ އެއްވެސް ހެއްކެއްވެސް ނެތް" ރިންދާ ވާހަކަދެއްކިއެވެ.
"ރިދާއަށް ކަމެއްވިނަމަ އަހަރެން ކިހިނެއް ކިހިނެއް ދިރިއުޅޭނީ. އުމުރުން ތިރީސް އަހަރުވާން ގާތްވިއިރު އަހަރެންނަށް ލިބުނު ހަމައެކަނި އުފަލަކީ ތިއީ" އަޔާލް ބުންޏެވެ.
"އަހަރެން ދެން ވިސްނާނަން. އެ އިންސާނާއަށް އަހަރެން ކޮންޓްރޯލް ކުރާކަށް ލާހިކެއް ނޫން. ހަގީގަތުގައި އަހަރެންވެސް ފިނޑީ. އޭނަ އެހެން އުޅުނީމަ ބިރުގަތްވަރުން ކަމެއް ނުކުރެވުނީ" ރިންދާ ބުންޏެވެ.
އަޔާލްގެ އަތުތެރޭގައި އޮތް ރިންދާގެ އަތްތިލައިގެ މަތީގައި އިނގިލިން ފިރުމާލަ ފިރުމާލަ އިން އަޔާލް އިނީ ވިސްނުމެއްގައެވެ. ހެދޭ ކިތަންމެ ކުޑަކުޑަ ގޯހަކުންވެސް ރިންދާ އަތުން ބީވާކަށް އޭނާ ނޭދެއެވެ. އޭނާ ކުރިއަށްވުރެވެސް ބޮޑަށް ރިންދާއަށް ސަމާލުވާން ބޭނުންވިއެވެ. އެހެންކަމުން ވަރަށް ވިސްނަން އިނދެފައި ރިންދާގެ މޫނަށް ބަލައިލިއެވެ.
"އަހަރެންދެކެ ލޯބިވަންޏާ އަހަރެންނަށް ވަރަށް ކުޑަކަމެއް ކޮށްދީފާނަން" އަޔާލް ބުންޏެވެ.
ރިންދާގެ މިނިވަންކަމަށް ހުރަސްއަޅާކަށް އަޔާލް ބޭނުމެއް ނުވެއެވެ. އެހެންނަމަވެސް ރިންދާއަކީ އަންހެނަކަށްވެފައި އިސްލާމްދީނުގައި އަންހެނުންނަށް ދެއްވާފައިވާ މަތިވެރި ގަދަރާއި އިއްޒަތަށްޓަކައި ފިރިހެނެއްގެ ހައިސިއްޔަތުން ރިންދާއަށް ރައްކާތެރިކަން ދިނުމަކީ އަޔާލް ކުރަންޖެހޭ ކަމެއް ކަމުގައި ދެކުނެވެ. ދެވަނަ ގޮތަކަށް ބުނާނަމަ ދުވަހަކުވެސް އެހެން އަންހެނެއްދެކެ އަޔާލްއަށް ރިންދާދެކެވާ މިންވަރަށް ދެން ލޯބިވެވިދާނެ ކަމެއް ނޭނގެއެވެ. ލޯބިވާކަށްވެސް ބޭނުމެއް ނުވެއެވެ. ރިންދާއަކީ އަޔާލްގެ ފުރަތަމަ ލޯތްބެވެ. އަދި ފަހުގެ ލޯބިވެސްމެއެވެ.
"ޔާލްއަށް އެނގޭތަ އެއީ ބޭބެގެ ބޮޑު ދަރިފުޅުކަން" ރިންދާ ބުންޏެވެ. އަޔާލްއަށް ލިބުނީ އިތުރު ހައިރާންކަމެކެވެ.
*******
ސޯފާގައި ޓީވީ ހުޅުވައިގެން އާތިކާ އިނަސް ގިނަފަހަރަށް އާތިކާގެ ލޯ ހުއްޓިފައި ހުންނަނީ ގޭތެރޭގައި މޮޕްއަޅަން އުޅުނު ޖިލްވާއަށެވެ. ރޫބިޔާ ކިޔައިދިން ގޮތުން ޖިލްވާއަކީ ގޭތެރޭގެ އެއްވެސް މަސައްކަތެއް ކުރަން ނޭނގޭ ގެއެއްގައި ރާނީއެއްހެން އުޅުނު ކުއްޖެކެވެ. ޖިލްވާ މަސައްކަތްކުރަން ދަސްކުރީ ބަރަކްގެ އަންބަކަށް ވެގެން ގެއަށް އައިފަހުންނެވެ. އެވެސް ރޫބިޔާގެ ފަރާތުންނެވެ. ރޫބިޔާ ބުނިގޮތުގައި ޖިލްވާ ބަރަކްގެ އެއްވެސް ކަމެއް ނުކުރެއެވެ. ހުރިހާކަމެއް ކުރަނީ ރޫބިޔާއެވެ. އެހެންނަމަވެސް އާތިކާއަށް ފެންނަނީ އޭގެ ދިމާ އިދިކޮޅެވެ. ޖިލްވާއަކީ ރޫބިޔާ ބުނިފަދަ އަންހެންކުއްޖެއް ނޫންކަން އާތިކާއަށް ޔަގީންވެއްޖެއެވެ.
"ކިހިނެއްވީ ދައްތާ" އާތިކާ މާވަރަކަށް ބަލާކަން އެނގުމުން ޖިލްވާ އެހިއެވެ.
"ކަމެއްނުވޭ ކިހާއިރަކު މަންމަ އަންނަނީ" އާތިކާ އެހިއެވެ. ޖިލްވާ ބަލައިލީ ފާރުގައި ހުރި ގަޑިއަށެވެ.
"މިހާރު ނޭނގެ ލިފްޓުގަ ނޫންކަމެއްވެސް" ހީލަމުން ޖިލްވާ ބުންޏެވެ.
"ދައްތައަށް ވަރަށް ފިނި ފެންތައްޓެއް ގެނެސްދީފާނަންތަ" އާތިކާ އެހިއެވެ.
ޖިލްވާ ވަނީ އެތެރެއަށެވެ. އިރުކޮޅަކުން ފެންތަށި ހިފައިގެން އައިސް އާތިކާ އަތަށް ދިއްކޮށްލައިފިއެވެ. ރޫބިޔާ ގޭތެރެއަށް ވަނީ ހުސްތަށި ހިފައިގެން ޖިލްވާ ހިނގައިގަތް ވަގުތުގައެވެ.
"މަންމަ... މިއޮށްއައީނު. ދައްތަ އެހި މަންމަ އަންނައިރެއް" ޖިލްވާ ބުންޏެވެ.
ރޫބިޔާ ޖިލްވައަށް ދެލޯ އަޅާލިއެވެ. އެމަންޒަރު އާތިކާއަށް ފެނުމުން ދެފަރާތަށް ބޯހޫރާލިއެވެ.
********
ރިންދާ އޮފީސް ނިމޭ ވަގުތަށް ނަހީކް ގޮސް އިނެވެ. އޭނާގެ ތުންފަތްމަތީގައިވީ ހިނިތުންވުމެކެވެ. ހީކުރީ ރިންދާ ނުކުމެގެން އައިސް ކާރަށް އަރާނެ ކަމަށެވެ. އެހެންނަމަވެސް ހުރިހާ މީހުން ގޮސް ހުސްވިއިރުވެސް ރިންދާގެ ހަބަރެއް ނުވިއެވެ. ނަހީކް ރިންދާގެ ފޯނަށް ގުޅިއެވެ. ފޯނު އޮތީ ނިވާލާފައެވެ. ނަހީކް ދަތްކުނޑި ވިކާލިއެވެ. ރިންދާ ގޯހެއް ހަދައިފިކަން އެނގުމުން ދެރަވެސްވެއްޖެއެވެ. އޮފީހާ ދިމާލަށް ދާން އުޅެފައި މަޑުޖެހުނީ އެތެރޭގައި ޝާހްބާޒް ހުރިކަމަށެވެ. އެއީ އެއްގޮތަކަށްވެސް ޝާހްބާޒް ކުރިމަތިލާން ބޭނުންވާ މީހެއް ނޫނެވެ. އެދުވަހުވެސް އެހާ ހިތްވަރެއް ލިބުނީ ޝާހްބާޒް މާލޭގައި ނެތްކަން އެނގުމުންނެވެ.
ރިންދާގެ ހަބަރެއް ހޯދާނެގޮތަކާމެދު ވިސްނަން އިނދެފައި ނަހީކް ނެގީ ފޯނެވެ. އަބަދުވެސް ހިޔާލު ހޯދަން ގުޅާ އެކުވެރިޔާއަށް ގުޅާފައި އެންމެ ފުރަތަމަވެސް ކުރީ ސުވާލެކެވެ.
"ރިދާ އަހަރެން ކައިރިއަށް ގެންނަން ކިހިނެއް ހަދާނީ" ނަހީކް ބުންޏެވެ. "ޒޭވާ ޕްލީޒް.... މޮޅުގޮތެއް ބުނެބަލަ"
"މިހާރު ކޮންތާކުން އައި ރިދާއެއް" ޒަކްވާން ބުންޏެވެ.
"އަހަރެންގެ ހިތުގަ ފޮރުވާފަ މިހުރިހާ ދުވަހު. ކުރީދުވަހު ގެއަށް ގެނެސްގެން ބޭނުންވަރަކަށް ލޯބިކޮށް ބައްދާހެދިން. ކިރިޔާ ލުޔެއްދިނީމަ ރައްކާވެއްޖެ. އެދިޔަގޮތަށް މޫނު ދައްކާވެސްނުލި" ނަހީކް ކިޔައިދިނެވެ.
ޒަކްވާން ޖަހާލި ހިނިގަނޑުން ނަހީކްގެ ކަންފަތަށް އުނދަގުވިއެވެ.
"ތިއީ ސަޅިގޮތެއް. މިތަނުގަ ހުރެގެން މަ މުޅިންވެސް ރީތި ޅަ ފިރިހެނުންނަށް ގާއުކަނީ" ޒަކްވާން ބުންޏެވެ.
"އަދިވެސް ތިގޮތް ދޫކޮށްލާކަށް ނުވޭތަ؟ އަތުން ހެދުނު އެންމެ ބޮޑު ގޯސްވެސް ހެދުނީ ފިރިހެނަކަށްވެ ހުރެ ފިރިހެނެއް ސެޓުކުރަން އުޅެން ހަދައިގެން. ނިކަން ރިދާ ކަހަލަ ލޯބިކުއްޖެއް ހޯދަބަލަ.... ތިވާހަކަ ބާއްވާފަ ބުނެބަލަ ރިދާ މިލްކުކުރާނެ ގޮތެއް" ނަހީކް ބުންޏެވެ.
"ހިތްވަރުކޮށްލާފަ އަތުތެރެއަށް ގެނެސް ރޭޕްކޮށްލާ" ޒަކްވާން ބުންޏެވެ.
"ކުރީ ދުވަހު އުޅުނީމޭ. ނުވިތިކަމެއް. އަންހެނަކަސް އަތްމަތީގަ ޖަހާއިރު ހީވަނީ ދަގަނޑު ބުރިއަކުން ޖަހާހެން. އެހެންނޫނަސް ރިދާއަށް ތަދުކުރެވުނު ވަރަށް ގިނައިން" ނަހީކް ވާހަކަދެއްކިއެވެ.
"އޭތް... ނެތޭ ހުރެވޭކަށް. ކްލައިންޓެއް އެބައާދޭ. މިފަހަރު ފިރިހެނެއް ނޫން. ސަޅި އަންހެން ގޮލައެއް. ހަމަ ހީވަނީ ރަނީންހެން.... ހެހެހެ...." ޒަކްވާން ހިނިގަނޑެއް ޖަހާލާފައި ފޯނު ކަނޑާލިއެވެ.
ފޯނު ކޯލު ނިމުމާއެކު ނަހީކް ސައިކަލް ކުރިއަށް ދުއްވާލިއެވެ. އޭނަގެ މިސްރާބުހުރީ ގެއާ ދިމާލަކަށް ނޫނެވެ. ރިންދާގެ ގެއާ ދިމާލަށެވެ. އެންމެފަހަރަކު ނަމަވެސް ރިންދާގެ ސޫރަ ލޮލުން ދެކިލާފައި ނޫނީ ގެއަށްދާން ނަހީކް ބޭނުމެއްނުވެއެވެ.
*********
ރޭގަނޑު ކައިގެން އަޔާލް ނުކުމެ މަޑުކޮށްލައިގެން ހުރީ ބެލްކަނީގައެވެ. އޭނާ އިންތިޒާރުކުރަމުން ދިޔައީ ރިންދާއަށެވެ. ބަދިގޭގައި ނަހާއާއެކު ހަރަކާތްތެރިވަމުން ދިޔަ ރިންދާ އިން އަޔާލްގެ ނަޒަރު ވަކިނުވެއެވެ. އަދިވެސް ރިންދާ ދެއްކި ވާހަކަތައް އަޔާލްގެ ކަންފަތުގައި ހަރުލާފައި ހުރިކަހަލައެވެ. ބައެއްފަހަރު އެތެރެހަށީގައި ލޭ ހޫނުވެއެވެ. އަޔާލް ނޫނީ އެހެން އެއްވެސް މީހަކަށް ރިންދާގެ ގައިގައި އިނގިލި ކުރި ޖައްސާލުމުގެ ހައްގެއްވެސް ނޯންނާނެއެވެ. ރިންދާއަށް އެނގުމަކާނުލައި ނަހީކް އެކުރި ކުށުގެ އަދަބު އަޔާލް ނަހީކަށް ދޭނެއެވެ. ރިންދާއަކީ ކާކުކަން ވަރަށް ސާފުކޮށް ބުނެދޭނެއެވެ. ނަހީކް ޖެހޭނީ ރިންދާގެ ފައިބުޑަށް ވެއްޓި އާދޭސްކުރާށެވެ.
"މަންމަ އެތެރެއަށް މިވަންނަނީ އިނގޭ" ބަދިގޭ ހުރިހާކަމެއް ނިންމާފައި ކޮޓަރީ ދޮރުމަތީގައި ހުރެ ނަހާ ބުންޏެވެ.
ރިންދާ ނުކުތީ ބެލްކަންޏަށެވެ. ދިއްކޮށްލާފައިވާ އަޔާލްގެ އަތުގައި ރިންދާ ހިފިއެވެ. އެއާއެކު އަޔާލް ރިންދާ ގެނެސް އޭނާގެ ދެއަތުގެ ތެރެއަށް ލިއެވެ. ހެޔޮވަރު ވަރަކަށް ޖެހެމުންދާ ވަޔާއެކު ފަހަތަށް ދޫކޮށްލާފައިވާ ރިންދާގެ އިސްތަށިތައް އަޔާލްގެ މޫނުގައި ބީހިލައެވެ. އެ އިސްތަށިތައް ހިފެހެއްޓުމަށް ރިންދާގެ ހިމަ އިނގިލިތަކުން ހަރަކާތްކޮށްލާ ގޮތުން އަޔާލް ރިންދާ އާ އިތުރަށް ގާތްވެލާހިއްވިއެވެ. އެހެންނަމަވެސް ކައިވެންޏަކާ ހަމައަށް ދެވެންދެން ރިންދާއަށް ވެފައިވާ ވައުދުމަތިން ހަނދާންވެފައި އަމިއްލަ ނަފްސު އަޔާލް ކޮންޓްރޯލު ކުރިއެވެ.
ކުއްލިއަކަށް ރިންދާގެ މޫނުގެ ދެފަރާތުގައި ހިފާ ގާތްކޮށްލުމަށްފަހު ރިންދާގެ ނިތުގައި އަޔާލް ބޮސްދިނެވެ. އަޔާލްގެ އެ އަމަލުން ރިންދާ ހީލިއެވެ. މުޅިދުވަހު އެއްކޮށް އަޔާލްއާއެކު ހޭދަކުރެވުމުން ނަހީކް ދިން އަނިޔާތަކުގެ މަތިން ރިންދާ ހަނދާންނެތިފައި ހުރި ކަހަލައެވެ.
"މި ދިނީ ހަދިޔާއެއް އިނގޭ" އަޔާލް ބުންޏެވެ.
"އެއީ ކޮންކަމަކާ ގުޅިގެން" ރިންދާ އެހިއެވެ.
"އަހަރެންގެ ބަސްއެހީތީ" އަޔާލް ބުންޏެވެ.
ރިންދާ ހީލިއެވެ. ދުވަސްކޮޅަކަށް އޮފީހަށް ނުނިކުންނަ ގޮތަށް ރިންދާ ނިންމީ އެކަމަށް އަޔާލް އެދުމުންނެވެ. މައިންބަފައިންނާ ރިންދާ ވާހަކަދެއްކުމުން އެމީހުންގެ ރުހުން ލިބުނެވެ. އަޔާލް ބޭނުންވަނީ ނަހީކަށް ފުރުސަތު ކުޑަކުރާށެވެ. އެއްގޮތަކަށްވެސް ރިންދާގެ ކުރިމައްޗަށް ނަހީކް އަންނާކަށް ރިންދާ ބޭނުމެއް ނުވެއެވެ.
""ޔަގީންތަ އޭނަ މިގެއަށް ނާންނާނެކަން" އަޔާލް އެހިއެވެ.
""ޔަގީން. ބޭބެދެކެ އޭނަ ރުޅިއާދޭ. މަންމަ ދެކެވެސް. އެހެންނޫނަސް ބޭކާރު މީހުންގެ ވާހަކަދައްކައިގެން އަހަރެމެންގެ މި އުފާވެރި ވަގުތުކޮޅު ހަރާބުނުކުރަމާ" އަޔާލްގެ ކަނދުރާގައި ދެއަތް އަޅުވާލަމުން ރިންދާ ބުންޏެވެ.
"އަހަރެން ބޭނުން މިހާރުން މިހާރަށް ރިދާ އަހަރެންގެ އަންބަކަށް ހަދަން" އަޔާލް ބުންޏެވެ.
"އަހަރެންވެސް. އެކަމަކު މިވަގުތު ރަންނިގެ މައްސަލަ ދޫކޮށްލާފަ ކައިވެނީގެ ކަންތަކާ އުޅެންވިއްޔާ ވަރަށް ބައިވަރު ދުވަސް ފާއިތުވާނީ. އަހަރެންނަށް ވެގެންވަންޏާ މިހާރުން މިހާރަށް އެ ނަހީކާއި އޭނަގެ ބައިވެރިޔާ ކުޑަ ގޮޅިއަށް ވައްދާނަން" ރިންދާ ބުންޏެވެ.
"ކެތްކުރޭ. އެދުވަސް ދުރުގައެއް ނެތް" އަޔާލް ބުންޏެވެ.
"އަހަރެން ބޭނުންވަނީ ނަހީކް ހައްޔަރުކުރާ ދުވަހު ޔާލްގެ އަންބެއްގެ މަގާމުގައި ހުރެ އޭނަގެ ކުރިމައްޗަށް އަރަން. ހަމަތެދެއް މިބުނީ އެއްޗަކުން ޖަހާ ވައްޓާލަން ބޭނުމީ. ދުވަހަކުވެސް ރަނގަޅުނުވާނެ ބޮނޑިއެއްދޭން..." ރިންދާ މޫނަށް ހަދާލިގޮތުން އަޔާލްއަށް ހެވުނެވެ.
"އަދި އެއްފަހަރު ތިގޮތަށް ދެލޯ ކުޑަކޮށްލާފަ މޫނަށް އެހެން ހަދާލަބަ" އަޔާލް ބުންޏެވެ.
ރިންދާ އަޔާލްއަށް ބަލައިލިއެވެ. ދެން ހީލިއެވެ. ރިންދާ އަޔާލްގެ މޭގައި ބޯއަޅާލިއެވެ. ރިންދާގެ ގައިގައި އަޔާލްގެ ދެއަތުން ވަށާލިއިރު ދެހިތަށްވެސް ވެރިވެފައިވަނީ ހިތްހަމަޖެހުމެވެ.
******
ސައިކަލުގެ މަޑިމަތީގައި އިށީނދެގެން އަޔާލްއާއި ރިންދާގެ ހަރަކާތްތަކަށް ބަލަހައްޓައިގެން އިން ނަހީކް ދެއަތްތިލަ މުށްކެވުނެވެ. ނަހީކް ރިންދާދެކެ އިންތިހާއަށް ރުޅިއައެވެ. އުދުހެވޭނަމަ މައްޗަށް އުސްއިމާރާތުން އަޔާލް ތިރިއަށް ވައްޓާލީހެވެ. އަޔާލްގެ ގައިގައި ބައްދައިގެން ހުރި ރިންދާ އަޔާލް ދުރުނުވުމުން ނަހީކް ސައިކަލުން ތެދުވިއެވެ. ކިތަންމެ ފަހަރަކު ގޭތެރެއަށް ވަދެގެން ދާން ހިތަށް އެރިއެވެ. އެހެންނަމަވެސް ރިންދާ ފިޔަވައި ނަހީކްގެ ހިތުން އެދެވޭ އެއްވެސް އިންސާނަކު އެގޭ ހަތަރުފާރުން އެތެރޭގައި ނޫޅެއެވެ.
"ތިކަމުގެ ބަދަލު އަހަރެން ހިފާނަން" ނަހީކް އަމިއްލަ ނަފްސަށް ބުނެލިއެވެ. ހިތްހަލާކުވެފައިވާ ހާލު އެދިމާލަށް ބަލަހައްޓައިގެން ހުރި ނަހީކްގެ ދެލޮލުން ކަރުނައިގެ ރޮނގެއް ފައިބައިގެން ދިޔައެވެ.
********
ފަތިސްވަންދެން ވިލިނީ ވޭނެއްގައި އެނދުގައި އޮތެވެ. ރޭގައި ނަހީކްގެ ފަރާތުން ފެނުނީ އަނިޔާވެރިކަމުގެ އިންތިހާއެވެ. އަންބެއްގެ ކައިރިން ފިރިއަކު އުފަލާއި ހިތްހަމަޖެހުން ހޯދަނީ ލޯތްބާއި އޯގާތެރިކަމާ އެކުގައެވެ. އެހެންނަމަވެސް ނަހީކް ވިލިނީއަށް ދިނީ އަނިޔާއެވެ. ހަށިގަނޑުގެ އެތަން މިތަނުގައި އަދިވެސް ދިލައެއް ހުއްޓެވެ. އެނދުގެ ހެޑްބޯޑުގައި ލެގިގެން އިން ވިލިނީއަށް ރޭގައި އެންމެ ނިދިކޮޅެއްވެސް ނުނިދެއެވެ. ނަހީކްގެ ދެއަތުގެ ތެރެއިން ވިލިނީގެ ހަށިގަނޑު މިންޖުވިތާ އަދި މާގިނައިރެއް ނުވެއެވެ. ރޭގައި ނަހީކްގެ ކުރިމަތީގައި ވިލިނީއަށް ދެއްކުނު އެއްވެސް ބާރެއްނެތެވެ. ނަހީކްގެ އިނގިލިތަކުން ދަތްތަކުން ހަފާލެވުނަސް އެ ދަގަނޑު އިންސާނާ އަނގައިން އަޑެއްވެސް ލައްވާނުލައެވެ.
އިސާހިތަކު ރޭގެ މަންޒަރުތައް ވިލިނީގެ ލޯކުރިމަތީގައި ސިފަވާން ފެށިއެވެ. ސޯފާގައި ފިލްމެއް ބަލަން އިނދެފައި ވިލިނީ ކޮޓރިއަށް އައީ އޮށޯންނަން ވެގެންނެވެ. އެއިރު ގަޑިން ދިހައެއްޖަހާ ބޮޑުވެއްޖެއެވެ.
ނިދުމުގެ ކުރިން ފެންވެރުމަކީ ވިލިނީ އާދަވެފައި ހުރި ކަމެކެވެ. އެހެންކަމުން ލައިގެން ހުރި ހުރިހާ އަންނައުނުތަކެއް ބޭލުމަށްފަހު ވިލިނީ ވަނީ ފާހާނާއަށެވެ. ފެންމާގަނޑު ދޫކޮށްލައިގެން އިސްތަށިގަނޑުގައި ހުރި ޝޭމްޕޫތައް ފިލުވަމުންދިޔަ ވިލިނީއަށް ފެންއަޑާހުރެ މީހަކު ވަންއަޑުވެސް ނީވުނީއެވެ. ހަމަހޭކަން ވެރިވިއިރު ނަހީކް ވިލިނީގެ ގައިގައި ހިފައިގަނެއްޖެއެވެ. ދަމަމުން ގަދަކަމުން ގެނެސް އެނދަށް ހޫރާލުމާއެކު ވިލިނީ އަވަސްވެގަތީ އެނދުމަތީގައި އޮތް ކުއިލްޓުން ހަށިގަނޑު ނިވާކުރުމަށެވެ.
"ކޯޗެއް ތިފޮރުވަނީ. އަހަރެންނަށް ހުރިހާ އެއްޗެއް ފެނިއްޖެ" ނަހީކް ބުންޏެވެ.
"ކަލޭ ހަމަ މިހާރު ނުކުމޭ.." ވިލިނީ ބުންޏެވެ. ނަހީކްގެ އަމަލުތައް އެގޮތަށް ހުރުމުން ކިތަންމެ ހިތްވަރެއްކޮށްގެން ހުއްޓަސް ވިލިނީ ޖެހިލުންވެއްޖެއެވެ.
"ކީއްކުރަން. ތިއީ ރިދާ ކަހަލަ ކުއްޖެއްނު. ރިދާވެސް ދޮގުހެދީ. ރިދާ ހީކުރީ މީހެއްގެ ގައިގައި އެގޮތަށް ބައްދާލެވޭނީ ރިދާއަށް އެކަނިކަމަށް" ނަހީކް ކިޔަން ފެށިއެވެ.
"އަހަރެން ރިދާގެ ގައިގަ އަތްލިޔަކަ ނުދިން. ތުންފަތުގަ ފިރުމާލެވުނީވެސް ގަދަކަމުން. އެކަމަކު އިތުރު އެއްވެސް ކަމެއްކުރިޔަކަ ނުދިން. އެނގޭތަ އަހަރެންގެ މިދެއަތުން ރިދާއަށް އަނިޔާކުރެވުނީ. އެއީ އަހަރެން ލޯބިނުވާތީއެއް ނޫން. ރިދާ ބޮޑާހާކާވަރުން. އަހަރެންނަށް އެ ހަށިގަނޑުން އުފަލެއް ދިންނަމަ އަހަރެންނަށް ރިދާއަށް ކިހާ އިތުބާރެއް ކުރެވުނީސް. އެކަމަކު މިގެއިން ސަލާމަތްވުމާއެކު އެދިޔައީ ފިރިހެނެއް ކައިރިއަށް. އެކަމަކު އަހަރެން ކައިރީގަ ވައުދުވި މިރޭވެސް ގެއަށް އަންނާނެ ކަމަށް" ނަހީކް ވާހަކަދައްކަން ފެށުމުން ވިލިނީ މަޑުމަޑުން އެނދުން ފަހަތަށް ގޮސް ފައިބަން އުޅުނެވެ. އެވަގުތު ނަހީކް ހިފެހެއްޓީ ވިލިނީގެ ދެފައިގައެވެ.
"ރިދާ.... ރިދާ.... އަނެއްކާވެސް ދާންތަ ތިއުޅެނީ" ނަހީކް ކިޔަން ފެށިއެވެ.
"މިފަހަރު ނުދެވޭނެ... އަހަރެން ކައިރީގަ ޒޭވާ ބުނި ގަދަކަމުން ހުރިހާކަމެއް ކުރާށޭ... ސޮރީ އިނގޭ މަގޭ ލޯބިވާ ރިދާ" ނަހީކް ވިލިނީގެ މޫނުގެ އެކި ތަންތަނުގައި ބޮސްދޭން ފެށިއެވެ.
ވިލިނީ ގަދަހަދަން ފެށުމުން ކަނާއަތުގެ ކުޑަވައި އިނގިލީގައި އިންޗިއެއްހާ ތަނަށް ދިގުކޮށްފައި ހުރި ނިޔަފަތި ވިލިނީ އޮމާން ފައިގެ މަސްގަނޑުގައި އަޅުވާލިއެވެ. ގައިގައި ކޮށި ވަޅިއަކުން ވަޅި އެޅިޔަސް އެހާ ތަދުވާނެކަމެއް ނޭނގެއެވެ. ވިލިނީއަށް ރޮއެގަނެވުނެވެ. ނަހީކްއަކީ ފިރިހެނެއްކަން އަންގާލީ ދެނެވެ. އަނބިފިރިކަމުގެ މާތް ގުޅުމުގެ ނަމުގައި ވިލިނީގެ އަންހެންކަމުގެ ފައިދާ ނަގައިގެން ދިޔައީ އެއްވެސް ރަހުމެއްނެތިއެވެ. ވިލިނީގެ ގައިގައި ނުރިއްސާ އެންމެ ތަންފުކެއްވެސް ނެތެވެ. ވިލިނީގެ ކިބައިން ނަހީކް ހިފީ ބަދަލެކެވެ. ރިންދާގެ ފުށުން ނުލިބުނު އުފަލާއި ހިތްހަމަޖެހުން ނަހީކް ހޯދީ ވިލިނީގެ ފުށުންނެވެ. ފޯރިއާއި ޖޯޝުގާ ނަހީކް ވިލިނީގެ ހަށިގަނޑުން މަޖާނަގަމުން ދިޔައިރު ވިލިނީ އާ މުހާތަބްކުރީ ރިންދާގެ ނަމުންނެވެ.
ކުއްލިއަކަށް ވިލިނީ ސިހުނީ ދޮރުގައި މިހަކު ޓަކިޖަހާލި އަޑު އިވުމުންނެވެ. ސައިބޯން ނުދާތީ އެ އައީ ބެގަރީ ކަން ވިލިނީއަށް އެނގުނެވެ. ވިލިނީ ހިތްވަރުކޮށްފައި އެނދުން ފޭބިއެވެ. ތައްޔާރުވެގެން އެބަދަމޭ ބުނެފައި ބެގަރީ ފޮނުވާލިއެވެ.
*********
ވިލިނީ ތިރިއަށް ފޭބިއިރު މޭޒުކައިރީގައި ހަމަޖެހިގެން ސައިބޯން އިން ނަހީކް ފެނުމާއެކު ދަތްކުޑި ވިކައިގަތެވެ. ވިލިނީއަށް އަނިޔާވެރިވެފައި އެގޮތަށް ނަހީކް އިނުން ވިލިނީއަށް ބަލައިނުގަނެވުނެވެ. ސިޑިން ފައިބައިގެން އައީ ދުވެފައި ކަހަލަ ގޮތަކަށެވެ. އެ އައިގޮތަށް ނަހީކަށް ސައިހަދާފައި ހުރި ތަށިތައް އަތުން ދުރަށް ބުރުވާލިއެވެ. ސިހިފައި ނަހީކް ވިލިނީއަށް ބަލައިލިއެވެ. ބަދިގޭގައި ހުރި ބެގަރީވެސް ނުކުތީ ދުވަމުން ކަހަލަ ގޮތަކަށެވެ.
"ކަލޭ..." ނަހީކް ތެދުވީ ވިލިނީއަށް ވަރުގަދަ ހަމަލާއެއް ދިނުމަށެވެ. އެކަމަކު އޭގެކުރިން ތަށި ތެރޭގައި އޮތް އޫ ނަގާފައި ނަހީކާ އަމާޒުކުރިއެވެ.
"އަހަރެންނާ ދިމާލަށް އެންމެ ފިޔަވަޅެއް އެޅިޔަސް ގުޅާނީ ފުލުހުންނަށް. ކަލޭ ހޭބަލިވެގެންތަ ރޭގަ މަށަށް އަނިޔާކުރީ. ފިރިން އަނބިން ކައިރިއަށް އަންނަނީ ލޯބިން. ކަލޭ އައީ ވަހުޝީކަން ބޮލަށް އަރައިގަތީމަ. ކަލެއަށް މަ ނޫނީ އަންހެނަކު ނުފެނުނީތަ؟ ފިނޑި ފިރިހެނާ...." ވިލިނީ ހަޅޭއްލަވައިގަތެވެ. ނަހީކް މައިތިރިވީ ވިލިނީގެ އަތުގައި އޮތް އޫ ފެނިފައެވެ.
"އަހަރެން ކަލޭ... ޗި... އަންހެނަކު ނުލިބުނަސް ނުދާނަން..... ރައްކާވެ މިތަނުން. ވަރަށް އަވަހަށް ވަރިކުރާނަން. ރިދާ އައިހާ އަވަހަކަށް. އަހަރެން ރޭގަވެސް ރިދާ ކައިރިއަށް ދިޔައިން. އެނދުމަތީގައި ވަރަށް ސަކަރާތްޖެހިން. އެނގޭތަ ރިދާއަކީ އެއްވެސް މީހަކު އަދި އަތްނުލާ ތާޒާ މަލެއް. އަހަރެން ރޭގަ އެމަލުގަ.... އަދި ބުނެފިއެއްނު ތިމަންނައޭ..." ނަހީކް ވާހަކަދެއްކިއެވެ. އައި ރުޅިމަތީގައި އަތުގައި އޮތް އޫ ވިލިނީ ޖެހީ މުށިތަކުގެ މައްޗަށެވެ.
"ކަލެއަށް އެނގޭތަ ކަލޭ ސިކުނޑި ހަމަނުޖެހޭކަން. ކަލޭ ތިއީ މޮޔަ މީހެއް. ތިކަހަލަ މީހުންނަށް ފަރުވާކުރެވޭނީ މިކަހަތަ ތަނެއްގަ ހުރެގެނެއް ނޫން. އެކަމަކު އަހަރެންނަށް ހީވަނީ ކަލޭގެ ތިމޮޔަކަމަށް ފަރުވާކުރުމުގެ ކުރިން ކުށްވެރިން ތިބޭ ތަނަށްހެން ކަލޭ ދާންޖެހޭނީ" ވިލިނީ ވާހަކަދެއްކިއެވެ.
ކުރިމަތީގައި ހުރެ ވިލިނީ ދައްކަމުންދިޔަ ވާހަކަތައް ނަހީކްގެ ސިކުނޑިއަށް ނަގައިގަނެވޭހެނެއް ހިއެއްނުވެއެވެ. ތުނބުން ފުމެމުން ދިޔައިރު ގޭތެރޭގައި ކަމެއް ހިނގައިފިކަމެއް އޭނާއަށް ނޭނގެއެވެ. އޭނާއަށް އެނގެނީ ރޭގައި އޭނާ ރަލުގެ ބާވަތެއް އެކުވެރިއެއް އަތުން ހޯދައިގެން ބޭނުންކުރިކަމެވެ. ގެއަށް އައިތަނާ ކޮޓަރިން ރިންދާ އާ ބައްދަލުވެ ރިންދާ އާއެކު ވަރަށް އުފާވެރި ވަގުތުކޮޅެއް ހޭދަކުރެވުނު ކަމެވެ.
**********
ރުކުއަޅަންދާ އެއްޗެހި ދަބަހަށް އަޅަން ހުރި ރާޝިދުގެ ނަޒަރު އިރުކޮޅަކާ ޖޯލީގައި ކުރުނބާ ފަނި ތައްޓެއް ހިފައިގެން އިން ބަރަކްއަށް ހުއްޓެއެވެ. ބަރަކް ފެނުމާއެކު ރާޝިދަށް އިހުސާސްކުރެވުނީ ޒަމާނުއްސުރެ ގެއްލިފައިވާ ގާތް މީހެއް ފެނުމުން ކުރެވޭ ކަހަލަ އިހުސާސެކެވެ. ރާޝިދު ނަޒަރު ތަފާތުކަން ބަރަކްއަށް ފާހަގަވެ ދުރުގައި އިން ރާޝިދަށް ހިނިތުންވުމެއް ބަދަލުކޮށްލިއެވެ.
(ނުނިމޭ)
ވާހަކަ
ވާހަކަ