ދެވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގެ ސެމީ ފައިނަލުގައި ރޭ ކުޅުނު މެޗުގައި ޕެނަލްޓީ ޖަހައިގެން ކުޑަހެންވޭރު ބަލިކޮށް، ކްލަބު ޓީނޭޖުން މުބާރާތުގެ ފައިނަލަށް ދަތުރުކޮށްފިއެވެ.
ރޭގެ ސެމީ ފައިނަލް މެޗުގެ ފުރިހަމަ ވަގުތު ހަމަވި އިރު، 0-0 އިން ނަތީޖާ އެއްވަރުވެފައި އޮތުމުން ނަތީޖާ ނެރެން ޖެހުނީ ޕެނަލްޓީގައެވެ. ޕެނަލްޓީ ޖަހައިގެން ޓީނޭޖު މޮޅުވީ 4-1 ގެ ނަތީޖާއަކުންނެވެ.
ފައިނަލްގެ ޖާގައަކާ އެކު، ޓީނޭޖަށް ވަނީ ދިވެހި ޕްރިމިއާ ލީގު ކޮލިފިކޭޝަންގައި ކުޅުމުގެ ފުރުސަތު ލިބިފައެވެ. ކޮލިފިކޭޝަންގައި ދެން ވާދަކުރާނީ ދެވަނަ ޑިވިޝަންގެ ފައިނަލުން ޖާގަ ހޯދި ބުރު ސްޕޯޓްސް ކްލަބާއި ދިވެހި ޕްރިިމިއާ ލީގުގެ ހަތްވަނައިގައި އޮތް ސުޕަ ޔުނައިޓަޑް ސްޕޯޓްސް (ސަސް) އާއި ފުލުގައި ލީގު ނިންމާލި ދަ ގްރާންޑޭއެވެ.
މެޗުގެ ފުރިހަމަ ވަގުތު ހަމަވުމުން ޖެހިި ޕެނަލްޓީގައި ޓީނޭޖުން ވަނީ އެ ޓީމުން ޖެހި ހަތަރު ޕެނަލްޓީވެސް ކާމިޔާބުކޮށްފައެވެ. ޓީނޭޖުން ޕެނަލްޓީތައް ކާމިޔާބުކުރީ މިސްރުގެ މިޑްފީލްޑަރު އަހުމަދު މަހްމޫދާއި ޖައިލަމް އަހުމަދާއިި ނާހިލް އަލީ އަދި ބިދޭސީ ޑިފެންޑަރު ފުރްކަތުޔޯން ސަދީރިއްދީނެވެ.
ކުޑަ ހެންވޭރުގެ މުހައްމަދު ތިލްމީޒް ފޮނުވާލި ފުރަތަމަ ޕެނަލްޓީ ޓީނޭޖްގެ ގޯލްކީޕަރު މުހައްމަދު ހަސަން މަތަކުރި އިރު، ދެވަނަ ޕެނަލްޓީ ޝަހީމް އަބްދުލް ގާދިރު ކާމިޔާބުކުރިއެވެ. އެހެންނަމަވެސް، ސާދު ހޮސަމެލްދިން ފޮނުވާލި ތިންވަނަ ޕެނަލްޓީ ދިޔައީ ބޭރަށެވެ.
ދެވަނަ ޑިވިޝަންގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ ބުދަ ދުވަހުއެވެ.
ދެވަނަ ޑިވިޝަން ފުޓުބޯޅަ މުބާރާތް
ދެވަނަ ޑިވިޝަން ފުޓުބޯޅަ މުބާރާތް
ދެވަނަ ޑިވިޝަން ފުޓުބޯޅަ މުބާރާތް
ދެވަނަ ޑިވިޝަން ފުޓުބޯޅަ މުބާރާތް