ޚަބަރު

ދިރުވާލައިގެން 240 ބުލެޓް މަސްތުވާތަކެތި އެތެރެކުރި ދެ މީހެއްގެ ބަންދަށް އަށް ދުވަސް އިތުރުކޮށްފި

އިބްރާހިމް ޒަކީ

1

ދިރުވާލައިގެން 240 ބްލެޓް މަސްތުވާތަކެތި ރާއްޖެއަށް އެތެރެކުރި ދެ ބިދޭސީއެއްގެ ބަންދަށް ކްރިމިނަލް ކޯޓުން އަށް ދުވަސް އިތުރުކޮށްފިއެވެ.

ދިރުވާލައިގެން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު މައްސަލައިގައި މިދިޔަ ޖޫން މަހު އަތުލައިގަތީ، އަޔަލޭންޑްގެ ދެ ފިރިހެނުންނެވެ. އެއީ ކެލްވިން މައިކަލް މުރޭ (41އ) އާއި އަލަން ވަލްޓަރ ކްރޮވް (41އ) އެވެ.

އެއިން ކޮންމެ މީހެއްގެ ބަނޑުގައި 120 ބުލެޓުގެ މަސްތުވާތަކެތި އެތެރެކުރަން އުޅުނެވެ.

އެމީހުން ހައްޔަރު ކުރުމަށްފަހު އެމީހުންގެ ބަނޑުން އެތަކެތި ބޭރުކުރެވެންދެން، ފުރަތަމަ އެމީހުންގެ ބަންދުގެ މުއްދަތު ޖެހީ ޖޫން މަހުގެ 30 ވަނަ ދުވަހު ފަސް ދުވަހަށެވެ. އެއީ ޣައިރު ހާޒިރުގައެވެ.

އެއަށްފަހު އެ ތަކެތި އެމީހުންގެ ބަނޑުން ބޭރުކޮށް ނިމިގެން ހޮސްޕިޓަލުން ދޫކޮށްލުމުން އެމީހުން ކޯޓަށް ހާޒިރުކޮށް، ކުރިމިނަލް ކޯޓުން އެމީހުންގެ ބަންދަށް ހަތް ދުވަސް ދިނެވެ. ބަންދުގެ ދުވަސްތައް އިތުރު ކުރަމުން އައިސް އެ ދެމީހުން އަށް ދުވަހުގެ މުއްދަތަށް ބަންދުކުރަން ކުރިމިނަލް ކޯޓުން އަމުރު ކުރީ ބުރާސްފަތި ދުވަހުއެވެ.