ރާއްޖޭގައި ދިރިއުޅޭ ޒުވާނުންގެ އާބާދީގައި ގިނައީ ބިދޭސީންކަން ހާމަވެއްޖެއެވެ.
މިކަން ހާމަވެފައިވަނީ ބައިނަލްއަގްވާމީ ޒުވާނުންގެ ދުވަހުގެ މުނާސަބާގައި ސްޓެޓިސްޓިސް ބިއުރޯއިން އާންމުކުރި ތަފާސްހިސާބުތަކުންނެވެ. ރާއްޖޭގައި ޒުވާނުންގެ ގޮތުގައި ބަލަނީ 18 އަހަރާއި 35 އަހަރާއި ދެމެދުގެ މީހުންނެވެ.
ތަފާސްހިސާބުތައް ދައްކާގޮތުން ރާއްޖޭގެ 579،330 މީހުންގެ އާބާދީގެ 47 ޕަސެންޓަކީ ޒުވާނުންނެވެ. އަދި ރާއްޖޭގައި އުޅޭ 258،923 ޒުވާނުންގެ ތެރެއިން 137،229 މީހުންނަކީ ބިދޭސީންނެވެ. އެހެންކަމުން ރާއްޖޭގައި ދިރިއުޅޭ ޒުވާނުންގެ 53 ޕަސެންޓަކީ ބިދޭސީންނަށްވާއިރު ދިވެހި ޒުވާނުންގެ އާބާދީއަކީ 47 ޕަސެންޓެވެ.
އޭގެ އިތުރުން ތަފާސް ހިސާބު ދައްކާ ގޮތުން އުމުރުން 15 އަހަރާއި 24 އަހަރާއި ދެމެދުގެ މީހުންގެ އާބާދީއަކީ 97,039 އެވެ.
ބައިނަލްއަގުވާމީ ގޮތުން ފާހަގަކުރާ ޒުވާނުންގެ ދުވަހަކީ ކޮންމެ އަހަރެއްގަވެސް އޮގަސްޓު މަހުގެ 12 ވަނަ ދުވަހެވެ. މިއަހަރުގެ ޝިއާރަކީ ""ޖީލުތަކުގެ އެއްބައިވަންތަކަމަށް، ހުރިހާ އުމުރުފުރައަކާއި ގުޅޭ ދުނިޔެއެއް ބިނާކުރުން"އެވެ.
ޚަބަރު
ޚަބަރު
ޚަބަރު