ހއ. ދިއްދޫގައި 75 ހައުސިން ޔުނިޓު އަޅަން އެސްޖޭ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާ މިއަދު ހަވާލުކޮށްފިއެވެ.
ހައުސިން މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެ އެއްބަސްވުމުގައި ހައުސިން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ އެ މިނިސްޓްރީގެ ޑިރެކްޓާ ޖެނެރަލް އަހުމަދު ވިޝާންއެވެ. އެސްޖޭގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝާހިދެވެ.
އެ މަޝްރޫއުގައި ހިމެނެނީ 7000 އަކަފޫޓުގެ ދެ ބުރީގެ 75 ރޯހައުސެވެ. ޔުނިޓެއްގައި ހިމެނެނީ ތިން ކޮޓަރި، ތިން ފާހާނާ، ސިޓިން ރޫމް، ބަދިގެ، ކާގެ، ލޯންޑަރީ އަދި ސްޓޯ ރޫމެވެ.
އެ މަޝްރޫއުގެ ދަށުން އިމާރާތުގެ ވަށާފާރާއި ހައުސިން ޔުނިޓުތަކުގައި ދިރިއުޅޭ ފަރާތްތަކަށް ހިތްފަސޭހަ މާހައުލެއް ގާއިމްކުރުމަށްޓަކައި ޔުނިޓުތަކުގެ ވަށައިގެން އަލިކުރާނެއެވެ. އަދި ޕާކަކާއި ވެހިކަލް ޕާކްކުރާނެ ސަރަހައްދެއްވެސް ހަދާނެއެވެ.
އެ މަޝްރޫއު އެސްޖޭއާ ހަވާލުކުރީ އެއް އަހަރު ދުވަހުގެ ތެރޭގައި ނިންމާގޮތަށް 120.4 މިލިއަން ރުފިޔާއަށެވެ.
މި މަޝްރޫއަށް ހަރަދުކުރާނީ ސަރުކާރުގެ ޕީއެސްއައިޕީ ބަޖެޓުންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު