ބަންގުލަދޭޝްގެ އަލަމްގީރާ އެކު އެއްޖިންސުން ގުޅުން ހިންގި މައްސަލައިގައި ހިމެނޭ މީހުންގެ ތެެރެއިން ރާއްޖޭން ބޭރަށް ފުރައިގެންދިޔަ މީހުން ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން މިއަދު ބުނީ، އެއްޖިންސުން ގުޅުން ހިންގި މައްސަލަތަކުގެ ތަހުގީގުގައި މީހުން ދެނެގަނެ، ރާއްޖެއިން ފުރުން މަނާ ކުރުމުގެ އަމުރު ނެރުނުއިރު ބައެއް މީހުން ރާއްޖެއިން ފުރާފައިވާކަން އެނގިފައިވާ ކަމަށެވެ. ނަަމަވެސް އެމީހުންގެ މައްސަލަތައް ތަހުގީގުކުރަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ. އަދި އެމީހުން ހޯދުމަށް ކުރެވެން ހުރި މަސައްކަތްތައް ތަހުގީގުގެ ތެރެއިން ކުރަމުން އަންނަ ކަމަށްވެސް ބުނެފައިވެއެެވެ.
އަލަމްގީރާ އެކު އެއްޖިންސުން ގުޅުން ހިންގި މައްސަލައާ ގުޅިގެން 18 މީހެއްގެ ޕާސްޕޯޓް ހިފަހައްޓާފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
އެ މައްސަލައިގައި ބައެއް މީހުންގެ މައްޗަށް ދައުވާކުރުމާ ބެހޭގޮތުން މަޝްވަރާކުރުމަށް ފުލުހުންގެ ފަރާތުން ޕްރޮސިކިއުޓާ ޖެނެރަލަށްވެސް މިހާރު ވަނީ ހުށަހަޅައިފައެވެ.
އެނގިފައިވާ ގޮތުގައި އެ މައްސަލައިގައި ދައުވާ ކުރަން ޕީޖީއަށް ފޮނުވާފައިވަނީ އަލަމްގީރާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޮ ނާޒިމް އަބްދުއްސައްތާރާއި ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުގައި މަސައްކަތް ކުރާ އަބްދުއްރަހްމާން ރަފީއުއަށެވެ.
އެއްޖިންސުން ގުޅުން ހިންގި މައްސަލައިގައި ފުލުހުން ވަނީ ގިނަ ބަޔަކު ހައްޔަރުކޮށް ތަހުގީގު ފަށައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު