އެފްއޭއެމް ދެވަނަ ޑިވިޝަނުގައި ވިކްޓަރީ ސްޕޯޓްސް ކްލަބާއި ބީޖީ ސްޕޯޓްސް ކްލަބުންވެސް ކުޅުނު ފަހު މެޗުތައް މޮޅަކުން ނިންމާލައިފިއެވެ.
އިއްޔެ ހަވީރު ވިކްޓްރީން ކުޅުނު މެޗުގައި ލޮރެންޒޯ ސްޕޯޓްސް ކްލަބް އަތުން މޮޅުވީ 4-1ގެ ނަތީޖާއަކުންނެވެ. ރޭ ބީޖީން ކުޅުނު މެޗުގައި މަހިބަދޫ ސްޕޯޓްސް ކްލަބު ބަލިކުރީ 1-0ގެ ނަތީޖާއަކުންނެވެ. އެ މެޗާއެކު ގްރޫޕް ދޭއްގައި ބީޖީއާއި ވިކްޓަރީވެސް ވަނީ ހަ މެޗު ކުޅެފައެވެ. ވިކްޓަރީއަށް ހަ މެޗުން 10 ޕޮއިންޓް ލިބިފައިވާ އިރު، ބީޖީއަށް ހަ މެޗުން ލިބިފައި ވަނީ ހަތް ޕޮއިންޓެވެ.
ދެ ޓީމަށްވެސް ދެވަނަ ޑިވިޝަނުގެ ސެމީ ފައިނަލްގެ ފުރުސަތު ގެއްލިފައިވާ އިރު، ގްރޫޕް ދެއަކުން މިހާރު ސެމީގެ ފުރުސަތު އެންމެ ބޮޑުކޮށް އޮތީ ލިޓްލް ޓައުން ސްޕޯޓްސް ކްލަބަށެވެ. އޭގެ ދަށުން ފުރުސަތު އޮތް ދެ ޓީމަކީ ނިއު ރޭޑިއަންޓާއި ކްލަބު ޓީނޭޖެވެ. އޭގެން ކޮންމެ ޓީމަކަށްވެސް ދެން ގްރޫޕް ސްޓޭޖުގައި ބާކީ އޮތީ އެންމެ މެޗެކެވެ. ނިއު ރޭޑިއަންޓަށް މަހިބަދޫއާ ދެކޮޅަށް ކުޅެންޖެހޭ އިރު، ކްލަބު ޓީނޭޖަށް އޮތީ އެލްޓީއާ ދެކޮޅަށް އޮތް މެޗެވެ.
ވިކްޓަރީން އިއްޔެ ކުޅުނު މެޗުގައި ހަސަން ނާއިމް ވަނީ ހެޓްރިކެއް ހަދައިފައެވެ. އަދި މެޗުގެ 83 ވަނަ މިނެޓުގައި އެ ޓީމުގެ ހަތަރު ވަނަ ގޯލު ޖެހީ އަހުމަދު ހުސެއިނެވެ. ދެ ވަނަ ހާފުގައި ލިބުނު ޕެނަލްޓީއަކުން ލޮރެންޒޯގެ ގޯލު ޖެހީ ނަސޫހް ސައީދެވެ.
ރޭ ކުޅުނު މެޗުގައި ބީޖީގެ ގޯލު ޖެހީ އިބްރާހީމް އިސްމާއީލެވެ.
ދެވަނަ ޑިވިޝަނުގައި މިރޭ އޮންނާނީ އެލްޓީއާއި ކްލަބު ޓީނޭޖް ވާދަކުރާ މެޗެވެ.
ދެވަނަ ޑިވިޝަން ފުޓުބޯޅަ މުބާރާތް
ދެވަނަ ޑިވިޝަން ފުޓުބޯޅަ މުބާރާތް
ދެވަނަ ޑިވިޝަން ފުޓުބޯޅަ މުބާރާތް
ދެވަނަ ޑިވިޝަން ފުޓުބޯޅަ މުބާރާތް