ރައްޔިތުން މަޖިލީހުގެ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް (މަވޯޓާ ޝަރީފް) ގެ ބައްޕަ ނިޔާވެއްޖެއެވެ.
މަވޯޓާ މިރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، އޭނާގެ ބައްޕަ މޫސާ ވަޖްދީ މިއަދު ނިޔާވެފައިވާ ކަމަށެވެ. މަރަދޫ މޫސާ ވަޖްދީއަކީ މަރަދޫ ވަރަށް ގިނަ ބަޔަކު އިހުތިރާމްކުރާ ފަރާތެއް ކަމަށްވެސް ޝަރީފް ވިދާޅުވިއެވެ.
މޫސާ ވަޖްދީވަނީ އައްޑޫ ސިޓީ ގަން އެއާޕޯޓުގައި 15 އަހަރު ވަންދެން މަސައްކަތްކޮށްފައެވެ. އެއަށްފަހު އޭނާ ވަނީ ބައެއް އަމިއްލަ މަސައްކަތްތައް ކޮށްފައެވެ.
މޫސާ ވަޖްދީ ނިޔާވުމާ ގުޅިގެން މަޖިލިސް މެމްބަރުންނާއި ސިޔާސީ އިސް ފަރާތްތަކުން ވަނީ ތައުޒިޔާ ވިދާޅުވެފައެވެ. އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި މަޖިލީހުގެ ހުރިހާ މެމްބަރުންގެ ނަމުގައި މަޖިލީހުންވެސް ވަނީ ތައުޒިޔާ ފޮނުވައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު