ދިރާގުން މަމްސް ޖަމިއްޔާގެ "ބެކް ޓު ސްކޫލް 2022" ޕްރޮގުރާމަށް އެހީ ފޯރުކޮށްދީފިއެވެ.
ދިރާގުން މިއަދު ބުނީ، މަމްސް ޖަމިއްޔާގެ "ބެކް ޓު ސްކޫލް 2022" ޕޮރޮގްރާމްގެ ދަށުން އެހީ ބޭނުންވެފައި ތިބި ގިނަ އާއިލާތަކުގެ ކުދިންނަށް މި ދިރާސީ އާ އަހަރަށް ބޭނުންވާ އަސާސީ ތަކެތި ދިރާގުން ފޯރުކޮށްދެމުންދާނެ ކަމަށެވެ.
އެގޮތުން ދިރާސީ އާ އަހަރު ފެށޭއިރު ކުދިން ސްކޫލަށް ތައްޔާރުކުރުމުގައި ދަތިތަކާ ކުރިމަތިލާން ޖެހިފައިވާ އާއިލާތަކަށް ބޭނުންވާ ބޫޓު، އިސްޓާކީނު އަދި ޔުނީފޯމް ސެޓްތައް ހަދިޔާކޮށްފައިވާ ކަމަށް ދިރާގުން ބުންޏެވެ.
ދިރާގުން ބުނީ، "ބެކް ޓު ސްކޫލް 2022" އަށް އެކި ފަރާތްތަކުން ވެދީފައިވާ އެހީތެރިކަމާއެކު މިއަހަރު މަމްސް ޖަމިއްޔާއިން ހާލުގައި ޖެހިފައިވާ އާއިލާތަކަށް މިހާތަނަށް 134 ކެއާ ޕެކޭޖު ބަހާފައިވާ ކަމަށެވެ.
މަމްސް އަކީ މުޖުތަމައުގައި އެންމެ އެހީތެރިކަން ބޭނުންވެފައިވާ ގިނަ އާއިލާތަކަށް އެއްބާރުލުން ފޯރުކޮށްދޭ ޖަމިއްޔާއެކެވެ. އޭގެ ތެރޭގައި އެހީތެރިކަން ލިބުމުގައި ގޮންޖެހުންތައް ތަހައްމަލު ކުރަމުންދާ އެކަނިވެރި މައިން ހިމެނެއެވެ.
ދިރާގުން އަންނަނީ ކުޑަކުދިންނަށް އެހީތެރިވުމާއި މުޖުތަމައު ބާރުވެރިކުރުމުގެ ދާއިރާއިން ގިނަގުނަ އެހީތެރިކަން ފޯރުކޮށްދެމުންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު